އަންނަ މަހުގެ 14 ވަނަ ދުވަހާ ހަމައަށް ސަރުކާރު ބަންދު.

170483_4a72915f-9_-2048x1365.jpg

ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ކޮވިޑް19 އާއި ގުޅިގެން ސަރުކާރު ބަންދުކޮށްފައިވާ މުއްދަތު އަންނަ މަހުގެ 14ވަނަ ދުވަހާއި ހަމައަށް އިތުރުކޮށްފިއެވެ.

ރައީސް އޮފީހުން މިއަދު ބުނީ ކޮވިޑް19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މާލޭގައި މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ނެރެފައިވާ އަމުރު ތަންފީޒު ކުރެއްވުމުގެ ގޮތުން، އަންނަ މަހުގެ ތިންވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 14 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.

ކޮވިޑް19 އާ ގުޅިގެން، އަޅަން ޖެހިފައިވާ ފިޔަވަޅުތައް އެޅުމަށާއި، ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތައް ދިނުމަށް މި މަހުގެ 17 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރެފައިވާ 11 ވަނަ ނަންބަރު ދެންނެވުމުގައިވާ ގޮތުގެ މަތިން އަމަލު ކުރުމަށް ގެންދެވުމަށާއި، އަދި މި މަހުގެ 21ވަނަ ދުވަހު  ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރެފައިވާ 12 ވަނަ ނަންބަރު ދެންނެވެމުގައިވާ ގޮތުގެ މަތިން، ބަލިޖެހޭ މީހުންނަށް ފަރުވާދިނުމާއި، ބަލިޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލިފެތުރުން ކުޑަކުރުމަށްޓަކައި ދައުލަތުގެ މުވައްޒަފުންގެ އެހީތެރިކަން ހޯއްދެވުމަށް ސަރުކާރުގެ އޮފީސްތަކަށް ރައީސުލްޖުމްހޫރިއްޔާ އަންގާފައިވާ ކަމަށެވެ.

އަދި ކުރިއެކޭވެސް އެއްގޮތަށް މި ދުވަސްތަކުގެ ތެރޭގައިވެސް ގޭގައި ތިއްބަވައިގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިއްބަވައިގެން ކުރައްވަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށްވެސް ވަނީ އޮފީސްތަކަށް އަންގާފައެވެ.

ކޮވިޑް-19 އާއި ގުޅިގެން ސަރުކާރު އޮފީސްތަކާއި، ކޮލެޖް އަދި ޔުނިވާސިޓީތައް ބަންދުކުރަން ނިންމާފައިވަނީ މިދިޔަ މަހުގެ ފަހުކޮޅު އެވެ.

މިހާތަނަށް ރާއްޖެއިން ޖުމްލަ 280މީހަކު ކޮވިޑް-19 އަށް ފައްސިވެފައި ވާއިރު، ކޮވިޑް-19 ޖެހުނު އެކެކު ރޭ ވަނީ ނިޔާވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top