ރާއްޖެއިން އިތުރު 95މީހުން ޕޮޒިޓިވް!

Breaking-News-Image-v2-e1574095563266.jpg

ރާއްޖެއިން އިތުރު 95 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ ކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

އެޗްޕީއޭ އިން ބުނީ މި މީހުންގެ ތެރެއިން 61 މީހުންނަކީ ބަންގްލަދޭޝް އަށް ނިސްބަތްވާ މީހުން ކަމަށާއި، 32 މީހުންނަކީ އިންޑިއާ އަށް ނިސްބަތްވާ މީހުން ކަމަށްވާއިރު، އަނެއް ދެ މީހުންނަކީ ނޭޕާލް އަށް ނިސްބަތްވާ މީހުން ކަމަށެވެ.

މިއަދު ފައްސިވި މީހުންނަކީ، ތޮއްޖެހިގެން ބިދޭސީން ދިރިއުޅެމުން އަންނަ ތަންތަނުން ނެގުނު ސާވަޔަލަންސް ސާމްޕަލްތަކުގެ ތެރޭގައި ހިމެނޭ މީހުން ކަަމަށް އެޗްޕީއޭ އިން ބުނެއެވެ.

މި 95 މީހުންނާއެކު ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 396 އަށް އަރާފައެވެ. މިއަދަކީ އެއް ދުވަހެއްގައި ރާއްޖެ އިން އެންމެ ގިނަ އަދަދަކަށް މީހުން ޕޮޒިޓިވްވި ދުވަހެވެ.

އެއް ދުވަހެއްގައި 95 ޕޮޒިޓިވް ކޭސް ރާއްޖެއިން ފެނިފައިވާއިރު، މި ބަލީގައި އިއްޔެގެ ވަގުތެއްގައި ރާއްޖެއިން ވަނީ ފުރަތަމަ ފަހަރަށް މީހަކު ނިޔާވެފައެވެ. އެއީ އުމުރުން 83 އަހަރުގެ އާމިނަތު އާދަމްއެވެ.

ރާއްޖެއިން ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވަމުންދާއިރު، ސަރުކާރުން އިއްޔެ ވަނީ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިތުރު 14 ދުވަހަށް އިތުރުކުރަން ނިންމާފައެވެ.

މާލެ ސަރަހައްދުގެ އިތުރުން ކ. ތުލުސްދޫ، ހއ. އުލިގަމް، ށ. ނަރުދޫ، ށ. މިލަންދޫއިން ވެސް ވަނީ މި ބައްޔަށް ޕޮޒިޓިވް ވެފައިވާ މީހުން ފެނިފައެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top