ޝައިޚް މަޖީދުގެ ދަރެސް: ރޯދަވީއްލުމަށް ދަޢުވަތު ދިނުމަކީ، ތިމާ ހިފި ރޯދައާ އެއްވަރުގެ ޘަވާބު ލިބޭ ކަމެއް

0ea3860c-af51-4d86-891c-6f76ddad378e_750x422.jpg

ރޯދަމަހަކީ، ދީލަތިކަމުގެ މައްސަރެވެ. އެހެނިހެން މައްސަރުގައި ކުރާ ހޭދައަށްވުރެ ރަމަޟާންމަހުގައި ކުރާ ހޭދައިގެ މާތްކަމާއި މަތިވެރިކަން މާބޮޑަށް އިތުރުވެގެންވެއެވެ.

މާތްﷲ ރުއްސުންލެއްވި ޒައިދުބްނު ޚާލިދުލްޖުހައިނީގެ ކިބައިން ރިވާވެގެންވެއެވެ. (އެކަލޭގެފާނު ވިދާޅުވިއެވެ.) ކީރިތި މާތްނަބިއްޔާ ޞައްލަﷲޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ރޯދަވެރިޔަކު ރޯދަ ވީއްލުވައިދީފި މީހާ (އެބަހީ: ރޯދަވެރިޔަކު ރޯދަ ވީއްލާނެ އެއްޗެއް ދިން މީހާ ދަންނާށެވެ!) އޭނާއަށް، އެ ރޯދަވެރިޔާއަށް ލިބެނިވި ޘަވާބު ލިބިގެންވެއެވެ. އެއީ، އެ ރޯދަވެރިޔާގެ ދަރުމައިން އެއްޗެއް އުނިވުމެއްނެތިއެވެ.”

އިސްވެދިޔަ ބަސްފުޅުން އެނގެނީ، ތިމާ އެހެންމީހަކަށް ރޯދަވީއްލުމަށް ދަޢުވަތުދީ ކާން ދީފިނަމަ، ނުވަތަ ރޯދަ ވީއްލާނެ އެއްޗެއް ފޯރުކޮށްދީފިނަމަ، ތިމާ ހިފި ރޯދައާ އެއްވަރަށް، އިތުރު ޘަވާބު ލިބިގެންދާކަމެވެ. އެހެންވީމާ ރަމަޟާންމަހު، ޚާއްޞަކޮށް ނިކަމެތީންމަށް ރޯދަވީއްލުމަށް ފުދޭނޭ މިންވަރު ދިނުމަކީ، ނުކޮށް  ދޫކޮށްލާވަރުގެ ކަމެއްނޫނެވެ.

އަޅުގަނޑުމެއްނީ ހެޔޮބަސްއަހައި ހެޔޮބަސް ޤަބޫލުކުރާ ބަޔަކުކަމުގައި ލައްވާށިއެވެ. އާމީން.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top