މާޅޮސް އަތުން މޮޅުވިނަމަވެސް، ހިތްދަތިގޮތަކަށް އޭދަފުށި މުބާރާތުން ކަޓައިފި

19961365_1811035562246598_5723012914947132856_n.png

އޭދަފުއްޓާ މާޅޮސް މިއަދު ބައްދަލުކުރި މެޗްގެ ތެރެއިން. މިމެޗް 3-2ން ކާމިޔާބު ކުރި ނަމަވެސް މުބާރާތުގެ ސެމީން އޭދަފުއްޓަށް ޖާގައެއް ނުލިބުނު / ފޮޓޯ: ކުޅުދުއްފުށި އޮންލައިން

ކުޅުދުއްފުށީގައި މިހާރު ކުރިޔަށްދާ މިނިވަން ޗެންޕިއަންޝިޕް ފައިނަލް ރައުންޑްގެ ގްރޫޕް 1 ގެ ފަސްވަނަ މެޗްގައި މާޅޮސް އަތުން މޮޅުވިނަމަވެސް ހިތްދަތިގޮތަކަށް ޗެންޕިއަން އޭދަފުށީ މުބާރާތުގެ ސެމީއަށް ނުގޮސް ކަޓައިފިއެވެ.

މިއަދުގެ މެޗުން 3 ލަނޑުގެ ތަފާތުން މޮޅުވެގެން ސެމީގެ ޖާގައެއް ކަށަވަރުކުރެވެން އޮތް އޭދަފުށީ ޓީމުން މެޗްގައި އެންމެ ފުރަތަމަ 3 ގޯލްޖަހާ ކުރިވެސް ހޯދިއެވެ. ނަމަވެސް ދެވަނަ ހާފްގެ 68 ވަނަ މިނެޓްގައި މާޅޮހުން އޭދަފުށި ގޯލަށް ވައްދާލި ލަނޑާއެކު މަންޒަރު ބަދަލުވީއެވެ. ނަތީޖާއެއްގެ ގޮތުން މާޅޮހު ޓީމުން އިތުރު ހިތްވަރެއްލައި މެޗު ނިންމާލީ އިތުރު ވަގުތުގައި އޭދަފުށި ކޮޅަށް ލަނޑެއްޖަހައި ނަތިޖާ 3-2 އަށް ބަދަލުކޮށްގެންނެވެ. މެޗްގެ ފަހުކޮޅު އޭދަފުށީ ޓީމް ފެނުނީ ބަލިކަށިކޮށެވެ.

މިނަތީޖާއާއެކު ގްރޫޕްގެ 1ވަނާގައި މާޅޮސް އޮތީ ލިބުނު ހަތްފޮއިންޓާއެކުއެވެ. ދެވަނާގައި އޭދަފުށި އޮތީ 3 މެޗުން ލިބުނު 4 ޕޮއިންޓާއެކުއެވެ. ޓޭބަލްގެ 3 ވަނާގައި 3 ޕޮއިންޓާއެކު އޮތް މިލަންދޫ އާއި 2 ޕޮއިންޓާއެކު 4 ވަނާގައިއޮތް ކުޅުދުއްފުށި މާދަމާ ކުޅޭ މެޗްގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތްނަމަވެސް އޭދަފުއްޓަށް ސެމީން ޖާގައެއް ނުލިބޭނެއެވެ. މިލަންދޫ ކުޅުދުއްފުއްޓާ ޑްރޯކޮށްލައިގެން ނުވަތަ މޮޅުވެގެންވެސް ސެމީއަށް ދެވިދާނެއެވެ. ނަމަވެސް ކުޅުދުއްފުށި ސެމީއަށް ދާނީ ސީދާ މޮޅެއް ހޯދައިގެންނެވެ.

މިނިވަން ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތް 2015 ވަނައަހަރު ފެށިފަހުން މިމުބާރާތުގެ ސެމީއަށް ނުގޮސް އޭދަފުށި ކެޓި މިއީ ފުރަތަމަ ފަހަރެވެ. ފުރަތަމަ އަހަރު ސެމީގައި ބަލިވިނަމަވެސް މިދިޔަ އަހަރު ފައިނަލްގައި ތިމަރަފުށި ބަލިކޮށް އޭދަފުށި ވަނީ ޗެންޕިއަންކަން ހޯދާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top