14 އަހަރުގެ ގޮއިދޫ “ހަންޓޭ”ގެ ޖާދޫފެނި ރެޑްބުލްއިން އޭނާ ލަންކާއަށް ގެންގޮސްފި

ddrt.jpg

އުމުރުން 14 އަހަރުގެ ހަންޓޭ ގޮއިދޫ ފަޅުތެރޭގައި ކައިޓް ސާފް ކުރަނީ. ރެޑް ބުލްއިން ލަންކާގައި މިއަދުފަށާ ލޯކަލް ހީރޯ ޓުއާގައި އޭނާގެ ހުނަރު ދައްކާލުމަށް ވަނީ ހަމަޖެހިފައި / އީވީފޮޓޯ: ހަސަން ނިޒާމް

ރެޑްބުލްއިން ފުރަތަމަ ފަހަރަށް ސްރީލަންކާގައި މިއަދު ފަށާ، ކައިޓް ސާފިންގް ހުނަރު ދައްކާލުމުގެ ޓުއާގައި ބައިވެރިވުމަށް ބ. ގޮއިދޫ އުމުރުން 14 އަހަރުގެ އާދަޔާހިލާފް ކައިޓްސާފަރ ހަސަން މާހިރު (ހަންޓޭ) ލަންކާއަށް ފުރައިފިއެވެ.

މިއަދުން ފެށިގެން އަންނަ ހަފްތާގެ ހޯމަދުވަހުގެ ނިޔަލަށް ލަންކާގެ ކަލްޕިޓިއާ ބީޗްގައި އޮންނަ މި ޓުއާގައި ބައިވެރިވުމަށް ހަންޓޭ ފުރީ އިއްޔެއެވެ. އޭނާއާއެކުގައި ބެލެނިވެރިންގެ ގޮތުގައި ގޮއިދޫގެ 2 ކައިޓް ސާފަރ ކަމުގައިވާ ހަސަން ނިޒާމާއި، މުހައްމަދު ޝުޖާއުވެސް އިއްޔެ ލަންކާއަށް ދިޔައެވެ.

މިދަތުރުގައި ބައިވެރިވާ ހަސަން ނިޒާމް އީވީއަށް ބުނީ މިއީ ހަންޓޭގެ ހުނަރު ރެޑްބުލްގެ އިސްވެރިންނަށް ފެނިގެން ސީދާ ރެޑްބުލްއިން ދިން މިފުރުސަތެއްކަމަށާ، މިދަތުރުގެ ހަރަދަކީވެސް ރެޑްބުލްއިން ދިން އެއްޗެއްކަމަށެވެ. އޭނާ ބުނީ މިއަދު ފެށޭ ޓުއާގައި ދުނިޔޭގެ މަޝްހޫރު ކައިޓް ސާފަރުންނާއެކު ހަންޓޭގެ ހުނަރުވެސް ދައްކާލާނެކަމަށެވެ. އަދި އޭނާއާއި، ޝުޖާއުއަށްވެސް ހުނަރު ދައްކާލުމަށް ރެޑްބުލްއިން ފުރުސަތު ދީފައިވާކަމަށް ހަސަން ބުންޏެވެ.

ހަންޓޭއާއި، އޭނާއާއެކު ލަންކާ ދަތުރުގައި ބައިވެރިވާ، ހަސަން(ކ)އަދި ޝުޖާއު (މ)ގައި

ހަސަން ބުނީ މިދަތުރުގައި ދިވެހިރާއްޖޭއިންވެސް ބައިވެރިވަނީ ގޮއިދޫގެ އެކަނި ކަމަށާ، މިއީ ގޮއިދޫ ރައްޔިތުންނަށް ލިބޭ ވަރަށްބޮޑު ފަހުރެއްކަމަށް ދެކޭ ކަމަށެވެ. އަދި މިދަތުރުގައި ހަންޓޭ ބައިވެރިކުރުމަށް ގޮއިދޫ ސްކޫލްގެ އިންވެރިން ދެއްވި އެއްބާރުލުމަށް ހަސަން ޝުކުރު އަދާކުރިއެވެ.

އާދަޔާހިލާފް ހުނަރުވެރިން ދިރިއުޅޭ ބ. ގޮއިދޫ ސްކޫލްގެ ކުދިންތަކެއް މިދިޔަ މޭމަހު ތެރޭގައި ދުނިޔޭގެ ފްރީޑައިވިން ޗެންޕިއަންއާއެކު ވަނީ ފްރީ ޑައިވިންގް ޓްރޭނިންގއެއްވެސް ހަދާފައެވެ. އަނެއްކޮޅުން ރާއްޖޭގައި ބާއްވާ އެތުލެޓިކްސް އާއި ކުޅިވަރު ގިނަ މުބްރާތާތްތަކެއްގައިވެސް ގޮއިދޫ ސްކޫލް އަދި އެރަށުގެ ޒުވާނުން އަންނަނީ ރެކޯޑް އަދަދަކަށް މެޑަލް ހޯދަމުންނެވެ. ކައިޓް ސާފިންގެ ހުނަރު ދައްކާލުމުގެ ކުރިން ރެޑްބުލްއިން ވަނީ މިދިޔައަހަރު ދުނިޔޭގެ ވޭކްބޯޑް އަދި ވޭކް ސްކޭޓް ބޯޑް ޗެންޕިއަނުންނާއެކު ގޮއިދޫގައި ވީޑިއޯ ޑޮކިއުމެންޓްރީއެއްވެސް ހަދާފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top