ލޯކަލް ކައުންސިލް އިންތިޚާބު އެޕްރީލް 4ގައި

Elections-Commissioner-Ahmed-Shareef.jpg

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތާވަލުކޮށްފިއެވެ.

ލޯކަލް ކައުންސިލް އިންތިޚާބު ބާއްވާނެ ދުވަހެއް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކޮށްފައިވާއިރު، ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީކޮށް ހިންގުމާ ބެހޭ ޤާނުނަށް ސަރުކާރުން ބޮޑެތި އިޞްލާޙުތަކެއް ހުށަހަޅާފައިވެއެވެ. އެގޮތުން ކައުންސިލުތަކަށް ލިބޭ އާމްދަނީ އިތުރުކުރުމާއި، 5 މިލިއަން ރުފިޔާއަށްވުރެ ކުދި ޕްރޮޖެކްޓުތައް ހިންގުން ކައުންސިލުތަކާ ހަވާލުކުރުން ފަދަ މުހިއްމު އެތައް ކަމެއް ސަރުކާރުން ހުށަހަޅާފައިވާ އިޞްލާހުތަކުގެ ތެރޭގައި ހިމެނެއެވެ.

ލޯކަލް ގަވަރމެންޓު އޮތޯރިޓީއިން ބުނެފައިވަނީ އަލަށް ސަރުކާރުން ގެންނަ ބަދަލުތަކާ އެއްގޮތަކަށް ރަށު ކައުންސިލުތަކާ އަތޮޅު ކައުންސިލުތައް ކުރިއަށް ގެންދެވޭނީ، ޤާބިލު މީހުން ކައުންސިލުތަކަށް އިންތިޚާބުކޮށްގެން ކަމުގައެވެ. އަދި ޚާއްޞަކޮށް ސިޓީ ކައުންސިލުތަކުގެ މޭޔަރުންނާއި އަތޮޅު ކައުންސިލުތަކުގެ ރައީސުންނަކީ ޤާބިލު ބައެއް ކަމުގައިވުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އެއޮތޯރިޓީއިން ފާހަގަކޮށްފައިވެއެވެ.

ކައުންސިލް އިންތިހާބު ބާއްވަން 65 މިލިއަނާއި، 70 މިލިއަނާއި ދެމެދުގެ އަދަދެއް ހަރަދުވާނެ ކަމަށް ވަނީ އަންދާޒާކޮށްފަ އެވެ. އެ އިންތިހާބަށް ކޮމިޝަން ތައްޔާރުވަމުން އަންނަ އިރު، މޮނިޓަރުންނާއި، ކެނޑިޑޭޓުންގެ މަންދޫބުންނަށް ފޯނާއި، އައިޕެޑާއި ވޯޓާސް ލިސްޓް ފަދަ ތަތެކި އިންތިހާބު އޮންނަ މަރުކަޒަށް ވެއްދޭ ގޮތް ހަދަން ގާނޫނަށް އިސްލާހު ހުށަހަޅަން ވެސް އީސީން ވަނީ ތައްޔާރުވެފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top