ބޮޑު އިންޖީނު މައްސަލަޖެހިގެން އޭދަފުށިން ކަރަންޓް ކަނޑަން ފަށައިފި

ggg.jpg

މިދިޔަ އޭޕްރީލްމަހު އޭދަފުށީ އިންޖީނުގޭގެ އިންޖީނަކަށް ދިމާވި މައްސަލައެއް ހައްލުކުރުމުގެ މަސައްކަތް އިންޖީނުގޭގެ ޓެކްނިކަލް ޓީމުން ކުރަނީ. މިއަދުވެސް އޭދަފުށިން ކަރަންޓް ކެނޑިފައިވަނީ އިންޖީނަކަށް މައްސަލަ ދިމާވެގެންކަމަށްވޭ / ފޮޓޯ: އޭދަފުށީ ވޮއިސް

ފެނަކައިން ހިންގާ އޭދަފުށީ އިންޖީނުގޭގައި ހުރި އެންމެ ބޮޑު އިންޖީނަށް ދިމާވި މައްސަލައަކާ ގުޅިގެން އޭދަފުށީގެ ބޮޑު ބަޔަކުން ކަރަންޓް ހިނގައްޖެއެވެ.

އީވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މައްސަލަޖެހުނު އެއިންޖީނު މިހާރު ހުރީ ޝަޓްޑައުން ކޮށްފައެވެ.

އޭދަފުށީ އިންޖީނުގޭގެ ފަރާތުން މެގަފޯނު މެދުވެރިކޮށް ރައްޔިތުންނަށް އަންގާފައިވަނީ  މިއަދުގެ އެކި ގަޑިތަކުގައި ރަށުގެ އެކި ސަރަހައްދުތަކުން ކަރަންޓު ކެނޑޭނެކަމުގައެވެ.

މިކަމާ ގުޅިގެން ރީޖަނަލް މެނޭޖަރަށް ގުޅާލުމުން އޭނާ ފޯނު ނުނަންގަވާތީ އޭނާގެ ބަހެއް ލިބޭގޮތެއް ނުވިއެވެ.

އޭދަފުށީ އިންޖީނުގޭގެ އިންޖީނެއް މައްސަލަޖެހިގެން މިދިޔަ އޭޕްރީލް މަހުގެ ސޯޅަވަނަދުވަހުވެސް ރަށުގެ ބޮޑުބަޔަކުން ގިނަވަގުތު ތަކަކަށް ކަރަންޓް ހިދްމަތް މެދުކަނޑާލިއެވެ. އޭރު އޭދަފުށީ އިންޖީނުގެއިން ބުނެފައިވަނީ މިހާރު އިންޖީނުގޭގައި ހުރި ކެޕޭސިޓީން މިރަށަށް ފުދޭ ވަރު ނުވާކަމާއި މިކަން ވެރިންގެ ސަމާލުކަމަށް އެތައް ފަހަރަކު ގެނެސްފައިވާ ކަމުގައެވެ.

އޭދަފުށީގެ ކަރަންޓްގެ މައްސަލަ ބޮޑުވެފައިވާތީ، މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ތެރޭގައި އޭދަފުށީގައި ބޭއްވި ކެންޕޭން ޖަލްސާއެއްގައި އެންވަޔަރުމެންޓް މިނިސްޓަރ ތޯރިގް ވިދާޅުވެފައިވަނީ އޭދަފުއްޓަށް ވަރަށް އަވަހަށް 1 މެގަވޮޓް އިންޖީނެއް ގެންނާނެކަމަށެވެ.

ފެނަކައިން ހިންގަމުން ގެންދާ އޭދަފުށީ އިންޖީނުގޭގައި މިހާރު ބޭނުންކުރަމުން ގެންދަނީ 400 ކިލޯވޯޓް، 300ކިލޯވޮޓް އަދި 600 ކިލލޯވޯޓްގެ ޖަނަރޭޓަރެކެވެ. މައުލޫމާތު ލިބޭގޮތުން މިއަދު މައްސަލަ ޖެހިފައިވަނީ 600 ކިލޯވޮޓް އިންޖީނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top