އޭދަފުށީ ކައުންސިލަރ ރިޒާ ތިންމަސްދުވަހަށް ސަސްޕެންޑް!

timthumb.jpg

އޭދަފުށީ ކައުސިލަ ރ މުހައްމަދު ރިޒާ: މިހާރުވަނީ 3މަސްދުވަހަށް ސަސްޕެންޑްކޮށްފަ- ފޮޓޯ : އީޓީ

ތިންމަސްދުވަހުގެ މުއްދަތަށް އޭދަފުށީ ކައުންސިލްގެ މެންބަރު މުހައްމަދު ރިޒާ ސަސްޕެންޑްކޮށްފިކަމަށް ބ. އަތޮޅު ކައުންސިލުން ބުނެފިއެވެ.

މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުން މުސާރަވެސް ނުލިބޭގޮތަށް ރިޒާ ސަސްޕެންޑްކޮށްފައިވަނީ އޭނާއާ ބެހޭގޮތުން އެލްޖީއޭ އަށް ހުށަހަޅާފައިވާ ސުލޫކީ މައްސަލައަކާ ގުޅިގެން އެމައްސަލަ ދިރާސާކޮށް ފިޔަވަޅު އެޅުމަށް އެއޮތޯރިޓީއިން އަތޮޅުކައުންސިލަށް އަންގާފައިވާތީއެވެ.

މިމައްސަލަ ބެލުމުން ޖިނާއީ މައްސަލައެއް އޭނާއާ ބެހޭ ގޮތުން ފާހަގަކުރެވިފައިވާތީ އެމައްސަލަ ފުލުހުންނަށް ހުށަހަޅަން ފެންނަކަމަށްވެސް އެ ކައުންސިލުން މިއަދު ފާސްކޮށްފައިވެއެވެ. މީގެ އިތުރުން އެއްކަމެއްގައި އޭދަފުށީ ކައުންސިލުން އާއްމު ރައްޔިތުންނަށް ތަފާތުކުރުން ގެންގުޅޭ ކަމަށް މައްސަލަތައް އަތޮޅު ކައުންސިލުން އަވަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ފެންނަކަމަށްވެސް އެކައުންސިލުން މިއަދު ނިންމާފައި ވެއެވެ.

ރިޒާކޮށްފައިވަނީ ކޮންކަހަލަ ޖިނާއީ ކުށެއްކަމާއި އެކަމުގެ ތަފްސީލެއް އަތޮޅު ކައުންސިލަކުން ނުދެއްވައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top