ކުނި މެނޭޖްކުރުމުގެ މަސައްކަތް ފެށުމަށް ދަރަވަންދޫ ކައުންސިލް ތައްޔާރުވެއްޖެ

1ee96f_32ef2ba34945416c9177b76c48290b5f.jpg

އަންނަ މަހުން ފެށިގެން ބ. ދަރަވަންދޫގައި ކުނި މެނޭޖްކުރަން ކުރާ މަސައްކަތް ފަށާނެކަމަށް ދަރަވަންދޫ ކައުންސިލުން ބުނެފިއެވެ.

އެކަމުގެ ފަހުގެ ތައްޔާރީތައް ނިމެމުން ދާއިރު މިހާރު ކައުންސިލުގެ ފަރާތުން ކުރަމުން އަންނަ މަސައްކަތަކީ ރަށުގެ ގޭބިސީތަކާއެކު ހަދަންޖެހޭ އެއްބަސްވުންތައް ހެދުމުގެ މަސައްކަތެވެ.

މިމަސައްކަތުގައި އަމަލީގޮތުން ހަރަކާތްތެރިވާ 6 ލޭބަރުން މިހާރުވަނީ ރާއްޖެއިން ބޭރުން ގެނެސްފައެވެ. މިމީހުންނަށް ދޭންޖެހޭ ތަމްރީންތައް އަންނަ ހަފްތާތެރޭ ގައި ދޭންް ފަށާނެއެވެ.

މީގެ އިތުރުން އެރަށުގައި ކުނި އުފުލަން ބޭނުންކުރާނެ ޕިކަޕެއް ހޯއްދެވުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ކައުންސިލުން  މައުލޫމާތުދެއެވެ. ބ. ދަރަވަންދޫގައި ޤާއިމްކުރައްވާފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ ޢަމަލީ މަސައްކަތް އަންނަމަހު ފެށުމުން އެރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ޙައްލެއް ލިބިގެންދާނެ ކަމަށް ބ. ދަރަވަންދޫ ކައުންސިލުން މަޢުލޫމާތުދެއެވެ.

ދަރަވަންދޫގެ ވޭސްޓް މެނޭޖްމެންޓް ސެންޓަރު އަޕްގްރޭޑްކުރުމުގެ މަސައްކަތް ވީ.އަވަރ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ  170،000 ރުފިޔާ އަށް ވަނީ ހަވާލުކޮށްފައެވެ. ދަރަވަންދޫ ކައުންސިލުން ވިދާޅުވީ މި ޕްރޮޖެކްޓްގެ ޢަމަލީ މަސައްކަތްތައް ކުރިއަށްދާނި ސީދާ އެކައުންސިލްގެ ބެއްލެވުމުގެ ދަށުންކަމަށެވެ.

ދަރަވަންދޫ ކައުންސިލުން ، ކުނި އުކާލުމަށް ގޭގެއިން ނެގުމަށް ކަނޑައަޅާފައިވާ ފީގެ ގޮތުގައި  ހަމަޖައްސާފައިވަނީ މީހުން ދިރިއުޅޭ ގެއެއްނަމަ ގެއަކުން މަހަކު 150 ރ. އެވެ. އަދި މީހުން ދިރިނޫޅޭ ފަޅުގޭގެއިން މަހަކު 50ރ.އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top