ގޭސްފުޅިއެއް ގޮވައި އަންހެނަކު ފިހިއްޖެ

image_750x_658ec5ab1372a.jpg

މާލޭގެ ގެއެއްގައި ގޭސްފުޅިއެއް ގޮވައި އަންހެނަކު ފިހިއްޖެއެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިންގޮތުގައި މި ހާދިސާ ހިނގާފައިވަނީ މ.ބްލޫލައިޓް 6 ވަނަ ފަންގިފިލާގައި ގޭސް ފުޅިން އުނދުނަށް ގުޅާފައި އިން ހޮޅި ބާރުކުރަން އިން ނަޓު ދޫވެފައި ހުއްޓާ އުނދުން ރޯކުރަން އުޅުމުގެ ތެރޭގައި ކަމަށެވެ. މިހާދިސާގައި އެގޭގައި ދިރިއުޅޭ ދިވެހި އަންހެނެއްގެ ހަށިގަނޑުގެ %10 ފިހިފައިވާ ކަމަށް އެންއެންޑީއެފް އިން ބުންޏެވެ.

އެމީހާ އަވަސް ފަރުވާއަށް އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި މި ހާދިސާގައި އެގޭގެ ދޮރެއްގެ ބިއްލޫރިގަނޑެއް ތަޅައިގެން ގޮސްފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުންޏެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top