އަހަރެއްހާ ދުވަހުގެ ތެރޭގައި އާރުޓީއެލްގެ ޚިދުމަތް މުޅި ރާއްޖެއަށް ލިބޭނެ: ރައީސް

1b7a5baa-d501-4603-6ca5-463ce4f87000.webp

އާރްޓީއެލް ހައިސްޕީޑް ފެރީގެ ޚިދުމަތް ކުރިއަށް އޮތް އެއްއަހަރު ތެރޭގައި މުޅިރާއްޖެއަށް ފޯރުކޮށްދިނުމަކީ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ އަޑުގެ 61 ވަނަ އަހަރީ ދުވަހާ ގުޅިގެން ގެނެސްދިން “ބާއްޖަވެރި ހެނދުނެއް”ގެ ޚާއްސަ ޕްރޮގްރާމްގައި އެހުންތެރިއެއްގެ ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

“ބާއްޖަވެރި ހެނދުނެއް”ގެ ޚާއްސަ ޕްރޮގްރާމްގައި ރޭޑިއޯ އެހުންތެރިއަކު ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ޚިދުމަތް މިހާރު ނުފެށި ހުރި ހުރިހާ ސަރަޙައްދުތަކުގައި ފަށާނީ ކިހާތާކުތޯ ސުވާލު ކުރެއްވުމުން ޖަވާބު ގައި ރައީސް މުއިއްޒު ވިދާޅުވީ އެމްޓީސީސީއަށް ސީއީއޯއަކު އައްޔަން ކުރެއްވުމަށްފަހު އާރްޓީއެލްގެ ޚިދުމަތް ވަރުގަދަކޮށް މިހާރު ޚިދުމަތް ފަށާފައި އޮތް ހިސާބުން ފެށިގެން މަސައްކަތްތައް ފެށުމަށް އަންގަވާފައި ވާނެކަމަށެވެ. އެގޮތުން މިހާރު ބޭނުންކުރާ އުޅަނދު ތަކަށްވުރެ ރަނގަޅު އަދި ގިނަ އުޅަނދު ތަކެއް ޚިދުމަތުގައި ބައިވެރިކުރުމަށް ޕްލޭން ކުރައްވާފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ގިނަވެގެން އަހަރެއްހާ ދުވަހުގެ ތެރޭގައި އާރްޓީއެލްގެ ޚިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދިނުންކަމަށެވެ.

“އެއަރޕޯޓްތަކާއެކު ސީ ޓްރާންސްޕޯޓް ވެސް ބޭނުންވާނެ. އިންވެސްޓް ކުރަން އިތުރު ފުރުޞަތުތައް ހޯދައިދީ އިތުރު މުވައްޒަފުން ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާނެ. އެހެންކަމުން އަހަރެއްހާދުވަހުގެ ތެރޭގައި އާރްޓީއެލް ފެރީގެ ޚިދުމަތް ގުޅާލާ އެކަން ނިންމުމަކީ އަމާޒެއް.” ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

އާރްޓީއެލް ޚިދުމަތަކީ ކޮންމެ ދުވަހަކު ދެމުންދާ ޚިދުމަތަކަށް ވުމާއެކު، މިއީ ރައްޔިތުންނަށް ބަރޯސާވެވޭ ޚިދުމަތަކަށްވެސް ވަނީ ވެފައެވެ. ޚިދުމަތުގައި ބޭނުން ކުރަމުން އަންނަނީ އޭސީކޮށްފައި ހުންނަ، ބާރުދުވެލީގައި ދަތުރުކުރާ ޒަމާނީ ލޯންޗު ފެރީތަކެކެވެ. މިހާތަނަށް ހއ، ހދ، ށ އަދި ޅ އަތޮޅު އަދި ގއ، ގދ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީގައި މިޚިދުމަތް ވަނީ ފަށާފައެވެ. ގިނަ މީހުން އާރްޓީއެލް ފެރީގެ ޚިދުމަތް ބޭނުންކުރަނީ ބޭސްފަރުވާގެ ޚިދުމަތް ހޯދުމަށް ދަތުރުކުރުމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top