ދޮގު ހެދުމަކީ އެންމެ ނުބައި އެއް ސިފަ: ޚުތުބާ

DSCN2888.jpg

އޭދަފުށީ މަސްޖިދު މުއީނުއްދީން ---އީވީ ފޮޓޯ

ދޮގުހެދުމަކީ ނުބައި ސިފަތަކުގެ ތެރެއިން އެންމެ ނުބައި އެއް ސިފަ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ހަނދާން ކޮށްދީފި އެވެ.

ތެދު ބުނުމުގެ މާތްކަމާއި, ދޮގު ހެދުމުގެ ނުބައިކަމުގެ މައްޗަށް ޚާއްސަކޮށްފައިވާ މިއަދުގެ ހުކުރު ޚުތުބާގައި ބުނީ ދޮގުހެދުމަކީ މީސްތަކުންގެ ހައްގުތައް ގެއްލިގެން ދިޔުމުގެ އެއް ސަބަބު ކަމަށާއި އެއީ ރުޅިވެރިކަމާއި އަދާވާތްތެރިކަން ފެތުރުމުގެ ސިއްރު ކަމަށެވެ. ހަމައެހެންމެ ކުށެއް ނެތް އެތައް ބައެއްގެ ރީތި ނަމާއި އަބުރު ނަގާލުމުގައި ބޭނުންކުރެވޭ އެންމެ ނުރައްކާތެރި އެއް ހަތިޔާރުކަމަށް ވެސް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ، ދޮގުހެކި ދިނުމަކީ މީސްތަކުންގެ ހައްގުތައް އޮޅުވާލައި އަފުރާދުންނާއި އުއްމަތަށް އެތައް ގެއްލުންތަކެއް ލިބޭ ކަމެއް ކަމަށެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top