2026 ވަނަ އަހަރަށް ދިރާގުން ޚާއްސަ އޮފާތަކެއް

large_1767003977157k4D.jpg

ދިރާގުން 2026 ވަނަ އަހަރަށް އަގުހުރި އޮފާތަކެއް ތައާރަފުކޮށްފި---ފޮޓޯ: ދިރާގު

އާ އަހަރަށް ޚާއްސަކޮށް ކަސްޓަމަރުންނަށް ފައިދާވާނެ އަގުހުރި އޮފާތަކެއް ދިރާގުން ތައާރަފުކޮށްފިއެވެ.

މި ފުރުސަތުތަކުގެ ތެރޭގައި ހަތަރު ޕްލޭނެއް ހިމެނޭ ކަމަށް ދިރާގުން ބުންޏެވެ.

ދިރާގުން އާ އަހަރަށް ތައާރަފްކުރި އޮފާތަކުގެ ތެރޭގައި ކުރު މުއްދަތުތަކަށް ބޭނުން ކުރެވޭނެ ޑޭޓާ ލިބޭ އެކި އޮފާތަކާއި މުޅި އަހަރު ދުވަހަށް ޑޭޓާ ލިބޭނެ އޮފާތައް ހިމެނެ އެވެ. ދިރާގުން ތައާރަފްކުރި އޮފާތަކަކީ:

ފްލެކްސީއަވާ: ދިރާގުން ބުނީ މި އެޑް-އޮން އަކީ ކުރު މުއްދަތަކަށް ޑޭޓާ ބޭނުންވާ ދިރާގު ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާއްސަ ޕްލޭންއެއް ކަމަށެވެ. އެންމެ 10 ރުފިޔާއިން ފެށިގެން 5ޖީބީ ނުވަތަ 26ޖީބީ ޑޭޓާގެ އެޑް-އޮންއެއް އެކްޓިވޭޓްކޮށްގެން އިންޓަނެޓް ބްރައުސްކުރުމަށް، ސްޓްރީމް ކުރުމަށް، އަދި ޑައުންލޯޑް ކުރުމަށް ބޭނުން ކުރެވޭނެ ކަމަށް އެކުންފުނިން ބުންޏެވެ.

ސަޅި 365 ޑޭސް: ސަޅި 365 ޑޭސް ޕްލޭންގެ ދަށުން، އެއް އަހަރު ދުވަހަށް 765 ޖީބީ ޑޭޓާ ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. މީގެ އިތުރުން، ގާނާ އެޕްލިކޭޝަން މެދުވެރިކޮށް އެއް އަހަރުގެ މުއްދަތަށް ލަވަ އަޑުއަހާލުމުގެ ފުރުސަތު މުޅިން ހިލޭ ލިބިގެންދާނެ ކަމަށް ވެސް ދިރާގުން ބުންޏެވެ. މި ޕްލޭންގެ ތެރެއިން ކަސްޓަމަރުންނަށް ދުވާލަކަށް އެއް ޖީބީ ޑޭޓާ، 100ޖީބީ ބޯނަސް ޑޭޓާ، 300ޖީބީ އެންޓަޓެއިންމެންޓް ޑޭޓާގެ އިތުރުން ދިރާގު އަންލިމިޓެޑް ކޯލްސް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސަޅި 180 ޑޭސް: ދިރާގުން ބުނީ ސަޅި 180 ޑޭސް އޮފާއަކީވެސް ދިގު މުއްދަތަކަށް ގިނަ ފައިދާތަކެއް ލިބިގެންދާ ޕްލޭންއެއް ކަމަށެވެ. މި ޕްލޭންގެ ދަށުން އެއް ޓީބީ ޑޭޓާ، ދިރާގު ނަންބަރުތަކަށް އަންލިމިޓެޑް ކޯލްސް އަދި 12 މަސް ދުވަހުގެ ގާނާ ސަބްސްކްރިޕްޝަނެއް ހިލޭ ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. އެކުންފުނިން ބުނީ މި ޕްލޭންގެ ދަށުން 180 ދުވަހުގެ މުއްދަތަށް، ދުވާލަކަށް 4ޖީބީ ޑޭޓާގެ އިތުރުން 180 ޖީބީ ބޯނަސް ޑޭޓާ އާއި 100ޖީބީ އެންޓަޓެއިންމަންޓް ޑޭޓާ ބޭނުންކުރެވޭނެ ކަމަށެވެ.

ސަޅި 92: ދިރާގުން ބުނީ ސަޅި 90 ޑޭސް އޮފާއަކީ ކަސްޓަމަރުންނަށް ދުވާލަކަށް 2ޖީބީ ޑޭޓާ، 120ޖީބީ އެންޓަޓެއިންމެންޓް ޑޭޓާ އަދި ދިރާގު ނަންބަރުތަކަށް އަންލިމިޓެޑް ކޯލްސް ލިބޭނެ އޮފާއެއް ކަމަށެވެ.

ދިރާގުން ދަނީ ރާއްޖޭގައި ދިރިއުޅޭ ރައްޔިތުންގެ ޑިޖިޓަލް ތަޖުރިބާ އިތުރަށް ތަރައްގީކޮށް، އެކި މުނާސަބަތުތަކާ ގުޅުވައިގެން ކަސްޓަމަރުންނަށް ހިތްގައިމު އޮފާތައް ފޯރުކޮށްދީ ހާއްސަ ޕްރޮމޯޝަންތައް ކުރިއަށްގެންދަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top