ދިރާގު ކަސްޓަމަރުންނަށް ދެގުނަ ޑޭޓާ ލިބޭ ޕްރޮމޯޝަންގެ މުއްދަތު އިތުރުކޮށްފި

FBB-Promo_Extended_Media-Visual-1140x570.png

ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓާ އެކްޓިވޭޓް ކުރުމުގެ ދެގުނަ ޑޭޓާ ލިބޭ ގޮތަށް މިދިޔަ މަހު ފެށި ޕްރޮމޯޝަންގެ މުއްދަތު މިމަހުގެ ނިޔަލަށް އިތުރު ކޮށްފި އެވެ.

“ބޫސްޓާއަކީ” ޕެކޭޖު ހުސްވެއްޖެ ހިނދެއްގައި ވަކިން ނެގޭ ގޮތަށް އޮންނަ ޕެކޭޖެކެވެ.

ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަ މި ޕްރޮމޯޝަންގައި ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓާތަކުގެ ޑޭޓާ ދެގުނަ އިތުރަށް ލިބެ އެވެ. މި ޕްރޮމޯޝަންގެ މުއްދަތު މިމަސް ނިމެންދެން އޮތްނަމަވެސް މިހާރުވަނީ މި މަހުގެ ނިޔަލަށް މުއްދަތު އިތުރު ކޮށްފަ އެވެ.

ދިރާގުން ބުނި ގޮތުގައި ކޮންމެ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓާ އެއް އެކްޓިވޭޓް ކުރިކަމުގައި ވިޔަސް ދެ ގުނަ ޑޭޓާ ކަސްޓަމަރުންނަށް ލިބިގެން ދާނެ އެވެ. އަދި ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓާ އެކްޓިވޭޓް ކުރުމަށް ދިރާގު މޯބައިލް އެޕް ނުވަތަ ދިރާގު ވެބްސައިޓުގައިވާ “މައި އެކައުންޓް” އަށް ލޮގިން ކުރުމަށްފަހު އެކައުންޓް ޔޫސޭޖް ޕޯޓަލް މެދުވެރިކޮށް ކުރެވޭނެ އެވެ.

ދިރާގުން ދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ވީހާވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭން ގޮތަކަށް އިންޓަނެޓް ޕެކޭޖްތައް ފަރުމާކޮށް ޕްރޮމޯޝަންތައް ބާއްވަމުންނެވެ. ދިރާގު ފައިބަރ ބްރޯޑްބޭންޑް ޚިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ރާއްޖޭގެ އެންމެ ބޮޑު ފައިބަރ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް މި ޚިދުމަތް ވަނީ ފޯރުކޮށްދީފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top