ފެނަކައަށް ގެއްލުންވާތީ ބ އަތޮޅު ފަސްރަށެއްގެ ނަރުދަމާގެ މަސައްކަތް ބާތިލް

big_6sFAlcsklwDxoYkJEK1viuYOp.jpg

ފެނަކަ އިން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް - ފޮޓޯ: ޕީއެސްއެމް

ބ.ފެހެންދު، ފުޅަދޫ، ކިހާދޫ، ދޮންފަނު، ކުޑަރިކިލު ހިމެނޭހެން ޖުމްލަ 16 ރަށެއްގައި ކުރިއަށްގެންދިއުމަށް ކުރީ ސަރުކާރުން ފެނަކައާއި ހަވާލުކޮށްފައިވާ ނަރުދަމާގެ މަސައްކަތް ބާތިލުކޮށްފި އެވެ.

ފެނަކައިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޑިރެކްޓަރު އަބްދުލް ވާހިދު މުހައްމަދު ވިދާޅުވީ، ކުރީ ސަރުކާރުން ފެނަކައާ ހަވާލުކުރި 16 ރަށެއްގެ ނަރުދަމާ ޕްރޮޖެކްޓްގެ މަސައްކަތްތައް އެއްބަސްވި ގޮތަށް ކުރިއަށް ނުގެންދާތީ، ކޮންސްޓްރަކްޝަން މިނިސްޓްރީއާ ދެމެދު ހަދާފައިވާ އެއްބަސްވުން ބާތިލްކޮށްފައިވާ ކަމަށެވެ.

“ސަރުކާރުން ފެނަކައާ 2022 ވަނަ އަހަރު ހަވާލުކޮށްފައިވާ 16 ރަށެއްގެ ފެނާއި ނަރުދަމާ ޕްރޮޖެކްޓުތައް މިހާރު ކޮންސްޓްރަކްޝަން މިނިސްޓްރީން ވަނީ ޓާމިނޭޓުކޮށްފައި،” ވާހިދު ވިދާޅުވި އެވެ.

ވާހިދު ވިދާޅުވީ މި ޕްރޮޖެކްތުތައް ފުރަތަމަ ކޮންޓްރެކްޓު ކުރެވުނު އިރު ގާތްގަނޑަކަށް 92 މިލިއަން ރުފިޔާ އެޑްވާންސް ޕޭމެންޓުގެ ގޮތުގައި ފެނަކައަށް ލިބިފައިވާ ކަމަށާއި އެހެން ނަމަވެސް މި ފައިސާތައް ބޭނުންކޮށްފައި ވަނީ އެންމެ ރަނގަޅަކަށް ނޫން ކަމަށެވެ. އެގޮތުން އެ ފައިސާ ހޭދަކުރީ ސީދާ އެ ޕްރޮޖެކްޓުތަކަށް ކަންވެސް ޔަގީންކަމާއެކު ބުނަން ނޭނގޭ ކަމަށާއި އެކަމާ ގުޅުން ހުރި ލިޔުންތައް ވެސް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

ވާހިދު ވިދާޅުވީ މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް އެ ސައިޓުގައި މަސައްކަތްކުރާ އެންމެ އާދައިގެ މުވައްޒަފަށްވެސް މަހެއްގެ މައްޗަށް 45،000 ރުފިޔާ މުސާރައިގެ ގޮތުގައި ދިީފައިވާ ކަމަށެވެ.

“މިދާއިރާގެ ކޮންސަލްޓަންޓުންނަށް ވެސް އެވަރުގެ މުސާރައެއް ނުލިބޭ. އޭގެ ސަބަބުން އެ މަސައްކަތަކީ ދެމެހެއްޓެނިިވި މަސައްކަތެއްގެ ގޮތުގައެއް ނުފެނޭ،” އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން އެ ޕްރޮޖެކްޓުތައް ކުރިއަށް ގެންގޮސްފިނަމަ އެ ކުންފުންޏަށް ގާތްގަނޑަކަށް 170 މިލިއަން ރުފިޔާގެ ގެއްލުން ވާނެ ކަމަށާއި ބާތިލުކުރި ޕްރޮޖެކްޓްތަކުގެ ދަށުން ކޮންޓްރެކްޓަރުން މިހާތަނަށް ދޫކޮށްފައިވަނީ 55 މިލިއަން ރުފިޔާ ކަމަށް ވިދާޅުވި އެވެ. އަދި މިވަގުތަށް މަސައްކަތް ނިންމައި، ފެނަކައިން ޒިންމާވާން ޖެހޭ 384 މިލިއަން ރުފިޔާ އެބައޮތް ކަމަށްވެސް ވާހިދު ވިދާޅުވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top