އެކައުންޓުން ދެފަހަރަށް ފައިސާ ކެނޑުނު މައްސަލަ ހައްލުކޮށް މާފަށް އެދެފި.

img_md_201912031247531575359273.229.jpeg

ބޭންކު އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކަސްޓަމަރުން ހަދާފައިވާ ޓްރާންސެކްޝަން އެކައުންޓުން ދެ ފަހަރަށް ފައިސާ ކެނޑިފައިވާ މައްސަލަ އެބޭންކުން ހައްލުކޮށްފި ކަމަށް ބުނެފިއެެވެ.

ބީއެމްއެލް އިން ރޭ ބުނީ ޑެބިޓް ކާޑުން ބޭންކުގެ ބައެއް ކަސްޓަމަރުން ހަދާފައިވާ ޓްރާންސެކްޝަން އެކައުންޓުން ދެ ފަހަރަށް ކެނޑިފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިގޮތަށް ދިމާވި މައްސަލަ ހޯދިފައިވާ ކަމަށާއި ވީހާވެސް އަވަހަކަށް އެކަން ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ބީއެމްއެލުން ބުނެފައިވެއެވެ.

އަދި ރޭ ދަންވަރު ބީއެމްއެލް އިން ކުރި ޓްވީޓެއްގައި ބުނެފައިވާ ގޮތުގައި ބައެއް ކަސްޓަމަރުންގެ އެކައުންޓުން ދެފަހަރަށް ފައިސާ ކެނޑިފައިވާ މައްސަލަ މިހާރު ހައްލު ކުރެވިއްޖެ އެވެ.  އަދި މި ދަނޑިވަޅުގައި ކަސްޓަމަރުން ދެއްވި އެއްބާރުލުމާއި ކެތްތެރިކަމަށް ޝުކުރު އަދާކުރާ ކަމަށްވެސް ބީއެމްއެލް އިން ބުނެއެވެ.

މިފަދަ ގޮތެއް މެދުވެރިވީތީ ބީއެމްއެލް އިން ވަނީ  މައާފަށް ވެސް އެދިފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top