އިންޑިއާ އިން ފިޔާ ބޭރުކުރުން މަނާކޮށްފި

DSCN8035.jpg

އަންނަ އަހަރުގެ މާޗްގެ ނިޔަލަށް އެއްވެސް ގައުމަކަށް ފިޔާ ބޭރުކުރުން އިންޑިއާ އިން މަނާކޮށްފި އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ވަގުތީ ގޮތުން މިބަދަލު ގެނައުމުން އިންޑިއާ ސަރުކާރުން ނިންމީ އިއްޔެގެ ވަގުތެއްގައެވެ.

ރާއްޖެއަށް އެންމެ ގިނައިން ފިޔާ އެކްސްޕޯޓް ކުރާ އިންޑިއާ އިން މިފިޔަވަޅު އެޅުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ މާޗް މަހާ ހަމައަށެވެ.

މިއީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ، ލޮކް ސަބާ އަށް މެންބަރުން ހޮވުމަށް އަންނަ އަހަރު ބާއްވާ އިންތިހާބާ ގުޅިގެން ސަރުކާރު ހިންގާ ބީޖޭޕީއަށް ލިބިދާނެ ގެއްލުމަކާ ގުޅިގެން އަޅާ ފިޔަވަޅެއް ކަމަށްވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.

އިންޑިއާ އިން ފިޔާ ބޭރުކުރުން މަނާކުރަން ނިންމި ނަމަވެސް ނޯޓިސް ނެރުމުގެ ކުރިން ފިޔާ ޝިޕްމަންޓްތައް ބަރުކޮށްފައިވާ އުޅަނދުތަކަށް އެ ޝިޕްމަންޓްތައް ބޭރުކުރަން ހުއްދަ އޮންނާނެ އެވެ. އަދި ޝިޕިން ބިލް ހުށަހަޅައި، މިހާރު ވެސް ބަނދަރުތަކުގައި ފިޔާ ޝިޕްމަންޓް ލޯޑުކޯށްފައިވާ އުޅަނދުތަކަށް އަންނަ މަހުގެ 5 އާ ހަމައަށް އެ ޝިޕްމަމްޓްތައް ގެންދަން ހުއްދަ ދޭނެ އެވެ. މީގ އިތުރުން ފިޔާ އަށް ދަތިވެގެން ގައުމަކުން އިންޑިއާ ސަރުކާރުގައި އެދިއްޖެ ހާލަތެއްގައި ފިޔާ ލިބޭނެ ގޮތް ހަމަޖައްސައި ދޭނެ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top