އޭދަފުށީގެ ކަރަންޓު ވިއުގަ ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް މަޝްވަރާކޮށްފި

img_lg_202608170328041786962484.6473.jpg

ބ. އޭދަފުށީގެ އަސާސީ ޔޫޓިލިޓީ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރުމާ ގުޅޭގޮތުން، މިނިސްޓަރu ޢަލީ ޝަރީފާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ ޑރ. ޢަލީ އަޒުވަރު އަދި ސަރުކާރުގެ އިސް ވެރިން، އެ ރަށު ކައުންސިލާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ އޭދަފުށީގެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކޮށް، ދުޅަހެޔޮ ވެއްޓެއް ޤާއިމުކުރުމަށްޓަކައި ބޭނުންވާ މުހިންމު ޚިދުމަތްތައް ހަރުދަނާކުރުމުގެ އިތުރުން ރަށުގެ ކަރަންޓުގެ ވިއުގަ ފުޅާކޮށް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމެވެ. އަދި ފެނާއި ނަރުދަމާގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާ ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.

ހަމައެހެންމެ ރަށުގެ ތިމާވެށި ރައްކާތެރިކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުނި މެނޭޖްކުރެވޭނެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކާ ގުޅޭގޮތުންވެސް ކައުންސިލާއި ކަމާބެހޭ އިސްވެރިންގެ މެދުގައި ވަނީ ޚިޔާލު ބަދަލުކުރައްވާފައެވެ.

މި ބައްދަލުވުމަކީ އޭދަފުށީގެ ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ، ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތަކާއި ކުންފުނިތައް ގުޅިގެން އަސާސީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކުރިއަށްގެންދިޔަ މުހިންމު ބައްދަލުވުމެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top