ހއ. އަތޮޅު ހޮސްޕިޓަލުން ކޮށްފައިވާ އިއުލާނެއްގައި ވަނީ އެ ހޮސްޕިޓަލަށާއި އަތޮޅުގެ ބައެއް ޞިއްޙީ މަރުކަޒުތަކަށް ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ބޭނުންވާ ކަމަށެވެ. އެގޮތުން ޖުމުލަ 51 ނަރުހުން ބޭނުންވާކަމަށް އެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.
ނަރުހުން ހޯދަނީ ހއ. އަތޮޅު ހޮސްޕިޓަލާއި އެއަތޮޅު 12 ސިއްހީ މަރުކަޒަކަށެވެ.
ހއ. އަތޮޅަށް ނަރުހުން ހޯދަން އިއުލާން ކޮށްފައިވަނީ ރެޖިސްޓަޑް ނަރުހުންގެ ޕަބްލިކް ސަރވިސް ރޭންކް 5 އަދި 7 އަށެވެ.
ޕަބްލިކް ސަރވިސް ރޭންކު 7 އަށް ނަގާ ނަރުހުން ވާން ޖެހޭނީ މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފްރީ ކައުންސިލް ގަބޫލްކުރާ، ނަރސިންގ ދާއިރާއަކުން ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު އެކައުންސިލުގައި ރަޖިސްޓްރީކޮށް، އަދާހަމަ ޕްރެކްޓިސިންގ ލައިސަންސް ލިބިފައިވާ މީހަކަށެވެ.
ރޭންކް 7 ގެ ނަރުހުންނަށް އަސާސީ މުސާރައެއްގެ ގޮތުގައި 13057 ރުފިޔާ އާއި 6094 ރުފިޔާގެ އެލަަވަންސެއްގެ އިތުރުން ހާޒިރީ އިނާޔަތުގެ ގޮތުގައި 165 ރުފިޔާ ލިބޭނެ އެވެ.
އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު މި މަހުގެ 12 އާ ހަމައަށް ވަނީ ހުޅުވާލައިފަ އެވެ.
ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.
ނަރުހުންގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވެފައިވާ ބ.އަތޮޅު ހޮސްޕިޓަލް އެބަ އަޑުއަހަންހެއްޔެވެ؟