ކައުންސިލުން ދޭއިންޖީނު ބެހެއްޓުމަށް އޭދަފުށީ އިންޖީނުގެއިން ތައްޔާރުވާން ފަށައިފި

އިންޖީނުގޭގެ މުވައްޒަފުން އިންޖީނުބެހެއްޓުމަށް ވާންޖެހޭ ތައްޔާރީތަކުގައި ބުރާސްފަތިދުވަހު ހަރަކާތްތެރިވަނީ. ކައުންސިލުން ދޭ އިންޖީނު ދެދުވަހެއްގެތެރޭގައި އޭދަފުއްޓަށް ގެންނާނެކަމަށް ކައުންސިލުން ބުނޭ / ފޮޓޯ: އިންޖީނުގެ

އިންޖީނުގޭގެ މުވައްޒަފުން އިންޖީނުބެހެއްޓުމަށް ވާންޖެހޭ ތައްޔާރީތަކުގައި ބުރާސްފަތިދުވަހު ހަރަކާތްތެރިވަނީ. ކައުންސިލުން ދޭ އިންޖީނު ދެދުވަހެއްގެތެރޭގައި އޭދަފުއްޓަށް ގެންނާނެކަމަށް ކައުންސިލުން ބުނޭ / ފޮޓޯ: އިންޖީނުގެ

އޭދަފުށިން ކަރަންޓް ކެނޑުމުގެ މައްސަލަ ހައްލުކުރުމަށް އޭދަފުށީ ކައުންސިލުން ހަދިޔާކުރަން ހަމަޖެހިފައިވާ އިންޖީނު ބެހެއްޓުމަށްޓަކައި އޭދަފުށީ އިންޖީނުގެއިން ވާންޖެހޭ ތައްޔާރީތައް ވާން ފަށައިފިއެވެ.

އޭދަފުށީ އިންޖީނުގެއިން ބުނީ އިންޖީނު ބެހެއްޓުމަށްޓަކައި މުވައްޒަފުން ނުކުމެ މިވަގުތު ކުރަމުންދަނީ އިންޖީނު ބަހައްޓާ ބެޑް ތައްޔާރުކުރުމާ، އެކްޓިވޭޓަރުތައް ބަހައްޓާ ބައި ފާރުން ކަނޑައި، ސައިލެންސަރ ބެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން ކަމަށެވެ. އޭދަފުށީ ކައުންސިލުން ބުނެފައިވަނީ ރޯދައިގެ ކުރިން އޭދަފުށީ އިންޖީނުގެއަށް 450 ކިލޯވޮޓްގެ އިންޖީނެއް ފޯރުކޮށްދޭނެކަމަށެވެ. ނަމަވެސް އޭދަފުށީ ކައުންސިލްގެ ރައީސް އަލީ ވަހީދު މިއަދު އީވީއަށް ވިދާޅުވީ ފަހުން ހަމަޖެހިފައިވާގޮތުން މިހާރު ހަދިޔާކުރަން ނިމިފައިވަނީ 500 ކިލޯވޮޓްގެ އިންޖީނެއްކަމަށެވެ.

އަލީ ވަހީދު ވިދާޅުވީ އަމިއްލަ ފަރާތެއްގެ ހިލޭއެހީގައި ލިބިފައިވާ މިއިންޖީނު މާދަމާ ހަވީރު އޭދަފުއްޓަށް ގެނެވޭވަރުވާނޭކަމަށާ، އިންޖީނު ބާލައިގެން ގެންދާނީ ސީދާ އިންޖީނުގެއަށް ކަމަށެވެ.

“މިހާރު 500 ކިލޯވޮޓްގެ އިންޖީނު މިއަދު ލޯޑްކުރާނެ ބޯޓަކަށް. އޭދަފުށީ އިންޖީނުގެއިން ނަގަންޖެހޭ ހުއްދަތައްނަގައި ހުރިހާ ކަމެއް މިހާރު ހުރީ ރެޑީގައި. އެހެންވީމާ، އިންޖީނު ބާލާގޮތަށް ގެންދާނީ އިންޖީނުގެއަށް” އަލީ ވަހީދު ވިދާޅުވިއެވެ.

އޭދަފުށީގައި ކަރަންޓް ބޭނުންކުރާ މިންވަރު ހަލުވި މިނެއްގައި މައްޗަށް ދާތީ އޭދަފުށީ އިންޖީނުގޭގައި މިވަގުތު ބޭނުންކުރާ އިންޖީނުތަކުން ރަށަށް އެންމެ އެކަށީގެންވާގޮތެއްގައި ކަރަންޓް ފޯރުކޮށް ނުދެވޭކަމަށް އެއިންޖީނުގެއިން ކުރިން ބުނެފައިވެއެވެ. މިވަގުތު އިންޖީނުގޭގެ ލޯޑް ކެޕޭސިޓީ 650 އަށްވުރެ މަތިއިރު އިންޖީނުގޭގެ ފުލް ކެޕޭސިޓީގައި ހުރީ 750 ކިލޯވޮޓެވެ. ނަމަވެސް އިންޖީނުތަކުގެ ހާލަތު ދަށްވެފައިވާތީ، ފުލްކެޕޭސިޓީގައި ކަރަންޓްދިނުމަކީ ނުވާނެކަމެއްކަމަށް އޭދަފުށީ އިންޖީނުގެއާ ހަވާލާދީ ކައުންސިލުން ބުނެއެވެ.

އޭދަފުށީގެ ކަރަންޓްގެ ހާލަތު ރަނގަޅުކުރުމަށް ފެނަކަ ކޯޕަރޭޝަނުންވެސް 600 ކިލޯވޮޓްގެ އާޖަނަރޭޓަރެއް ވަރަށް އަވަހަށް އޭދަފުއްޓަށް ގެންނާނެކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top