ސަރުކާރު މުއައްސަސާތަކުގެ މުވައްޒަފުން މާހެފުމެއް ބާއްވަނީ

އަތޮޅު ކައުންސިލުން ބޭއްވި ހަފްލާއެއްގައި ކައުންސިލް މެމްބަރުން ބައިވެރިވަނީ. އޭދަފުށީގައިހުރި ސަރުކާރު މުވައްސަސާތަކުން މާހެފުމެއް ބާއްވަން ވަނީ ނިންމާފައި / ފޮޓޯ: ޕްރިންސް ނަވާ

އަތޮޅު ކައުންސިލުން ބޭއްވި ހަފްލާއެއްގައި ކައުންސިލް މެމްބަރުން ބައިވެރިވަނީ. އޭދަފުށީގައިހުރި ސަރުކާރު މުވައްސަސާތަކުން މާހެފުމެއް ބާއްވަން ވަނީ ނިންމާފައި / ފޮޓޯ: ޕްރިންސް ނަވާ

އޭދަފުށީގައިހުރި ސަރުކާރު ހުރިހާ މުވައްސަސާއަކުން ގުޅިގެން މުވައްޒަފުންގެ މާހެފުމެއް ބޭއްވުމަށް ތައްޔާރުވަމުން އަންނަކަމަށް ބ. އަތޮޅު ކައުންސިލް އިދާރާއިން ބުނެފިއެވެ.

އަތޮޅު ކައުންސިލް އިދާރާއިން ބުނީ އަންގާރަދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ މިމާހެފުމުގައި އޭދަފުށީގައިހުރި ގިނަ އޮފީސްތަކަކުން ބައިވެރިވާން ހަމަޖެހިފައިވާކަމަށާ، މާހެފުން އޮންނާނީ ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ގޯތިތެރޭގައިކަމަށެވެ. ބ. އަތޮޅު ކައުންސިލް އިދާރާގެ އ. ޑިރެކްޓަރ ހުސައިން ޝިމްހާދު ވިދާޅުވީ މިއީ އަތޮޅު ކައުންސިލުން އިސްނަގައިގެން އޭދަފުށީގެ އޮފީސްތަކުގެ މެދުގައި އެކުވެރިކަން އާލާކޮށް އެއްތަނަކުން އެންމެން ބައްދަލުވުމުގެ ފުރުސަތު ހޯދާދިނުމުގެ ގޮތުން ކުރިޔަށްގެންދަން ނިންމި ކަމެއްކަމަށެވެ.

އޭދަފުށީގައިހުރި ސަރުކާރާ، ކުންފުނިތަކުގެ އޮފީސްތަކަށް ހުޅުވާލައިގެން މިއަހަރުގެ ތެރޭގައި އަތޮޅު ކައުންސިލުން ދަނީ ތަފާތު ހަރަކާތްތަކެއް ބާއްވަމުންނެވެ. އެގޮތުން މިދިޔަމަހު ބޭއްވި ބެޑްމިންޓަން މުބާރާތާއި، މިމަހު ބޭއްވި ފުޓްސަލް މުބާރާތް ފާހަގަކޮށްލެވެއެވެ. އަތޮޅު ކައުންސިލުން ބުނީ ރޯދައިގެ ފަހުން އޮފީސްތަކަށް ހުޅުވާލައިގެން މަސްރޭހެއް ބޭއްވުމަށްވެސް ނިންމާފައިވާކަމަށެވެ.

Share this post

PinIt
scroll to top