މާއްޑޫގެ ޕްރީބިޑް މީޓީންގ ބާއްވަނީ!

maxresdefault.jpg

އޭދަފުށި ކައިރީގައި އޮންނަ މާއްޑޫ

އޭދަފުށީގެ ދެކުނުން ޖެހިގެން އޮންނަ މާއްޑޫ ދަނޑުވެރިކަމަށް ހުޅުވާލުމާ ގުޅިގެން އެރަށުގެ ބީލަން ކަރުދާހާ ބެހޭގޮތުން މައުލޫމާތު ދިނުމަށް ބާއްވާ ޕްރީބިޑް މީޓިން މިހިނގާ ނޮވެމްބަރު މަހުގެ 19ވަނަ ދުވަހު ބާއްވާނެކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއިން ބުނެފިއެވެ. މާއްޑުއާއެކު ދަނޑުވެރިކަމަށް ހުޅުވާލި އިތުރު 6 ރަށުގެ ޕްރީބިޑް މީޓިންވެސް ހަމަ މި ތާރީޚުގައި ބޭއްވުމަށް އެމިނިސްޓްރީން ވަނީ ނިންމާފަ ައެވެ.

މިކަމާގުޅިގެން އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޕްރީބިޑް މީޓިންގ އޮންނާނީ 19 ނޮވެމްބަރުގެ މެންދުރު 13:00 ގައި ކަމަށެވެ.

ކޮވިޑް-19 ގެ ހާލަތާ ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަމަލު ކުރުމަށް ކަނޑައަޅުއްވާފައިވާ ގައިޑްލައިންގައިވާ ގޮތުގެމަތިން، ގިނަ މީހުން އެއްތަނަކަށް އެއްވެއުޅުމަށް ހުރަސްތަކެއް ހުރުމާއެކު ޕްރީބިޑް މީޓިންގ ބޭއްވުމަށް ހަމަޖެހިފައިވަނީ ޒޫމް މެދުވެރިކޮށް ކަމަށް މިނިސްޓްރީން ބުނެއެެވ.

ދަނޑުވެރިކަމުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގެ ގޮތުން ފުރަތަމަ ބުރުގައި 6 ފަޅު ރަށެއް ބީލަމުގެ އުސޫލުން 21 އަހަރުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ދޫކުރާ ރަށްރަށަކީ ބ.މާއްޑޫ، ހއ.މަޑުލު، ށ. ކަކާއެރިޔަދޫ، ނ. ނެޔޮ، ، ނ. ތޮޅެންދޫ، ގއ. އޮއިނިގިއްލާއެވެ.

މި ފަޅުރަށްތައް ކުއްޔަށް ދޫކުރުމުގެ ބޭނުމެއްކަމުގައި މިނިސްޓްރީން ބުނަނީ ދިވެހިރާއްޖޭގެ ކާބޯތަކެތި އުފެއްދޭ މިންވަރު އިތުރުކޮށް، ރާއްޖެއަށް އެތެރެކުރަންޖެހޭ ކާބޯތަކެތީގެ މިންވަރު މަދުކޮށް، ކާނާގެ ޔަގީންކަން ކަށަވަރުކޮށްދިނުން ކަމަށެވެ. އަދި ކޯލި އާއި ބަކަރި ގެންގުޅުމާއި ރާއްޖެއަށް ބޭނުންވާ އެކި ބާވަތްތަކުގެ ގަސްގަހާގެހި ރާއްޖޭގައި އުފައްދައިގެން އާމްދަނީ ހޯދުމުގެ ފުރުސަތުތައް އިތުރުކޮށް ދިނުމަކީވެސް މަގުސަދެއް ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި ރަށްރަށަސް ކުއްޔަށް ދޭން ހަމަޖެހިފައިވަނީ އަހަރަކަށް އަކަފޫޓަކަށް 10 ލާރިއެވެ. މި ރަށްރަށުގެ ބިމުގެ ސަރަހައްދުން ގިނަވެގެން 30 އިންސައްތައިގައި މިނިސްޓްރީން ކަނޑައަޅާ ކާނާގެ ބާވަތްތައް އުފައްދަން ޖެހޭނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top