މެދުކެނޑުމަށްފަހު ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތް ފަށައިފި

big_jr8EAdpKOtXVsCiMnrzYIoP6c.jpg

ބ.ގޮއިދޫ ފެނާ ނަރުދަމާގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތުގެ ދަށުން ކުރިއަށް ދާ އާރު އޯ ޕްލާންޓް ބަހައްޓާ އިމާރާތް އެޅުމުގެ މަސައްކަތުގެ ތެރެއިން---ފޮޓޯ :ޕީއެސްއެމް

ގިނަ ދުވަސްތަކެއްވަންދެން މެދުކެނޑިފައި އޮތް ބ.ގޮއިދޫ ފެނާ ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ މަސައްކަތް އަލުން ފަށައިފިއެވެ.

މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށް ދަނީ އާރު އޯ ޕްލާންޓް ބަހައްޓާ އިމާރާތް އެޅުމުގެ މަސައްކަތްކަމަށް މަޝްރޫއު ކުރިއަށްގެންދިއުމަށް ހަވާލު ކޮށްފައިވާ އެމް.ޑަބްލިއު.އެސް.ސީ އިން  ބުނެއެވެ.

މި މަސައްކަތް ނުފެށި ލަސްވުމާބެހޭ ގޮތުން ކުންފުނިން ބުނީ ލަސްވެގެން ދިޔައީ ކޯވިޑް 19ގެ ބަލިމަޑުކަމާ ގުޅިގެންކަމަށެވެ. އަލުން މަސައްކަތް ފަށައިގެން ކުރިއަށް ދާއިރު މިހާރު ކުރަމުން ގެންދަނީ އާރުއޯ ޕްލާންޓް ބެހެއްޓުމަށް ހަދާ އިމާރާތުގެ މަސައްކަތްކަމަށާ، މިމަސައްކަތުގެ 12 އިންސައްތަ ނިމިފައިވާކަމަށް އެކުންފުނިން ބުނެއެވެ.

މި މަޝްރުއޫގެ ދަށުން އެރަށުގައި 12،992 މީޓަރުގެ ސަރަހައްދެއްގައި ފެން ހޮޅި އެޅުމާ، 8،373 މީޓަރުގެ ސަރަހައްދެއްގައި ނަރުދަމާ ހޮޅި އަޅާނެއެވެ.

މި ޕްރޮޖެކްޓްގެ ދަށުން ގޮއިދޫގެ 213 ގެއަކަށް ފެނާ ނަރުދަމާ އަޅައިދިނުމަށް ވަނީ ހަމަޖެހިފަ އެވެ.

އަންނަ އަހަރުގެ ޖުލައި 4ވަނަ ދުވަހުގެ ކުރިން ނިންމާގޮތަށް މިމަޝްރޫއު ޑިޒައިންކޮށް ފެންހޮޅި އެޅުމުގެ މަސައްކަތް އެމް.ޑަބްލިއު.އެސް.ސީ އާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ތެރޭގައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top