އަންނަ އަހަރަށް 34.7 ބިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފި!

Finance-Minister-Ameer-750x484.jpg

ފިނޭންސް މިނިސްޓަރު އަމީރު

އަންނަ އަހަރަށް ލަފާކޮށް 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ރައްޔިތުން މަޖިލީހަށް ބަޖެޓް ހުށަޅުއްވަމުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ މި ބަޖެޓު މި ހުށަހަޅަނީ ކޮވިޑް-19 އާއެކު ދުނިޔެ އާއި ރާއްޖޭގެ އިގްތިސޯދަށް ތަދު މަޑުކަމެއް އައިސްފައިވާ ދަނޑިވަޅެއްގައި ކަމަށާއި، މިއީ މީގެ ކުރިން ދިމާވި އެހެން އެއްވެސް އިގްތިސޯދީ ތަދުމަޑުކަމަކާ ނުބައްދަލު ކާރިސާއެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި އަންނަ އަހަރުގެ ބަޖެޓު ރޭވިފައި ވާނީ ކޮވިޑް-19 ގެ އިގްތިސޯދީ އަދި އިޖުތިމާއީ ގެއްލުންތަކުން ވީހާ ވެސް އަވަހަކަށް އަރައިގަނެ، “ޖަޒީރާ ރާއްޖެ” މެނިފެސްޓޯގެ އެންމެ މުހިއްމު ސިޔާސަތުތައް ތަންފީޒު ކުރުމުގެ މައްޗަށް ކަމަށެވެ. މިގޮތުން، ރާއްޖޭގެ ތަރައްގީ އާއި ހިދުމަތްތައް ލާމަރުކަޒުކުރުމާއި، ސަރަހައްދީ ތަރައްގީ ބާރުމިނުގައި ގެނައުމަށް އިންވެސްޓްކުރާ ތަން މި ބަޖެޓުން ފެންނާނެ ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައިވަނީ 17.7 ބިލިއަން ރުފިޔާ އެވެ. ޖުމްލަ ހަރަދުގެ ގޮތުގައި ލަފާކޮށްފައިވަނީ 33.2 ބިލިއަން ރުފިޔާ އެވެ.

2021 ގެ އާމްދަނީ

  • ޓެކުހުގެ އާމްދަނީ: 9.8 ބލިއަން ރުފިޔާ
  • ޓެކްސް ނޫން ގޮތް ގޮތުން: 5.7 ބިލިއަން ރުފިޔާ
  • ހިލޭ އެހީ އަދި އެހެނިހެން ގޮތް ގޮތުން: 2.2 ބިލިއަން ރުފިޔާ

2021 ގެ ހަރަދު

  • ރިކަރަންޓު ހަރަދު: 21.6 ބިލިއަން ރުފިޔާ
  • ޕީއައިއައިޕީ މަޝްރޫއު: 8.3 ބިލިއަން ރުފިޔާ
  • އެހެނިހެން ކެޕިޓަލް ހަރަދުތައް: 4.8 ބިލިއަން ރުފިޔާ

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރަށް ހުށަހަޅަނީ 15.5 ބިލިއަން ރުފިޔާ އިން ޑެފިސިޓް ބަޖެޓެއް ނަމަވެސް، އެކަން އެގޮތަށް ކުރަން ޖެހިފައި ވަނީ އިގުތިސާދު އިތުރަށް ގޯސްވިޔަ ނުދީ މި އަޑިގަނޑުން މައްޗަށް އެރޭތޯ މަސައްކަތް ކުރުމަށެވެ.

މިގޮތުން އަންނަ އަހަރު ނިމޭއިރު ރާއްޖޭގެ ދަރަނި 82.8 ބިލިއަން ރުފިޔާއަށް އަރާނެކަމަށް ބެލެވޭއިރު، މިއީ އުފެއްދުންތެރިކަމުގެ ނިސްބަތުން 124.8 ޕަސެންޓްކަން އޭނާ ފާހަގަކުރެއްވި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top