ކެންދުއަށް މަސްތުވާ ތަކެތި އެތެރެކުރަން އުޅެނިކޮށް އަތުލައިގެންފި

drug.jpg

ބ.ކެންދުއަށް މަސްތުވާ ތަކެތި އެތެރެކުރަން އުޅެނި ކޮށް އަތުލައިގެންފި އެވެ.

މިތަކެތި އަތުލައިގެންފައިވަނީ މާލެއިން ފުރައިގެން ކެންދުއަށް ދާ ބޯޓަކުން އެރަށަށް މަސްތުވާ ތަކެތި އެތެރެކުރަން އުޅޭކަމަށް ފުލުހުުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭދަފުށީގައި މަސައްކަތްކުރާ ފުލުހުންނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

މިމަހުގެ 5 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަނުގައި އެ ބޯޓު ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި 12 ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި އެމައްސަލައާ ގުޅިގެން 39 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް އޭދަފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top