ޒަރޫރީ ބޭނުމަށް ނޫނަސް މިހާރު މާލެއިން ރަށަށް އާދެވޭނެ

DSCN3341.jpg

އޭދަފުށި ބަނދަރުމަތި.

ޒަރޫރީ ބޭނުމަކަށް ނޫނަސް މިހާރު މާލެއިން ރަށްރަށަށް އާދެވޭގޮތަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީން އުސޫލަށް ބަދަލު ގެނެސްފި އެވެ.

މާލެ ސަރަހައްދުގައި ކޮވިޑް ފެތުރެން ފެށުމާއެކު ކޮވިޑް ފެތުރުން ހުއްޓުވަން، މާލެއިން އެހެން ރަށަކަށް ދެވޭނީ ޒަރޫރީ ބޭނުންތަކަށް އެޗްޕީއޭއިން ހުއްދަ ނަގައިގެން ކަމަށް އެޗްޕީއޭއިން ނިންމިއެވެ. އެގޮތަށް އައި ކަމަށް ވިޔަސް 14 ދުވަހުގެ ކަރަންޓީން މުއްދަތެއްވެސް ފުރިހަމަކުރަން ޖެހެއެވެ.

އެޗްޕީއޭ އިން ބުނީ މިއަދުން ފެށިގެން ހުރިހާ ބޭނުމަކަށް މާލެއިން އެހެން ރަށްރަށަށް ދެވޭނެ ކަމަށެވެ. ނަމަވެސް ކުރިއެކޭ އެއްގޮތަށް 14 ދުވަހުގެ ކަރަންޓީން ފުރިހަމަކުރަން ޖެހޭނެއެވެ. އަދި ކަރަންޓީން މުއްދަތު ފުރިހަމަކޮށް، ކޮވިޑަށް ޓެސްޓު ކުރަން ޖެހޭނެއެވެ.

ކުރިއެކޭ އެއްގޮތަށް މިހާރު ވެސް ރަށްރަށަށް ދިއުމަށް އެޗްޕީއޭގެ ހާލުބެލުން ޕޯޓަލް މެދުވެރިކޮށް ހުއްދަ ނަގަންޖެހޭނެއެވެ.

މާލެ އިން ކޭސްތައް މަދުވުމުން އެޗްޕީއޭ އިން އިއްޔެ ވަނީ ބައެއް ލުއިތައް ދީފައެވެ. އެގޮތުން ޕާކްތަކާއި މައިޒާންތަކާއި މި ނޫނަސް އާންމުން އެއްވެ އުޅޭ ތަންތަން ހުޅުވައިލުމަށާއި ކުޅިވަރުތައް ކުޅުމުގެ ހުއްދަވެސް އެޗްޕީއޭ އިން ވަނީ ދީފައެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top