މުންދުގެ ރައްދު ޝަހީދަށް : ޓްރަމްޕުގެ އުޅުއްވުން ވައްތަރީ ޝަހީދުގެ ކުރީގެ ސާހިބު މީހާއާ !

ZiwwExyq3Uj0YnbRrQ95vsEAKxnoF2k6mGPuMmoY.jpeg

އެމެރިކާގެ ރިޔާސީ އިންތިޚާބުން ބަލިވި މިހާރުގެ ރައީސް ޓްރަމްޕްގެ އުޅުން ބޮޑަށް ވައްތަރީ އެމްޑީޕީގެ މެމްބަރަކާ ކަމަށް ވިދާޅުވެ ޕީޕީއެމްގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު)، ކުރީގެ ފޮރިން މިނިސްޓަރ ޑރ. އަހުމަދު ޝަރީފަށް ރައްދު ދެއްވައިފިއެވެ.

ޑރ، ޝަހީދު ވިދާޅުވީ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ދިވެއްސެއް ކަމަށާއި، ޕީޕީއެމްގެ ރަތްލާޖެހި މެމްބަރެއް ކަމަށެވެ. އަދި އެއީ އިތުބާރު ހުރި މަސްދަރަކުން ލިބުނު މައުލޫމާތެއްކަމަށް ވިދާޅުވެ، ބަލި ގަބޫލުކުރުމެއް ވޯޓުގެ ނަތީޖާ އަކަށް ބެލުމެއް ނެތް ކަމަށާއި، އެއީ 2018 ގެ އިންތިޚާބުގައި ރާއްޖެއިންވެސް ފެނުނު މަންޒަރު ކަމަށް ވިދާޅުވެ ހަޖޫ ޖައްސަވާފައެވެ.

“އަލުން ބައި ބަހަން ވާނީ. އަލުން ވޯޓް ލާންވާނީ.” ޑރ. ޝަހީދު ވިދާޅުވެފައިވެއެވެ.

ރާއްޖޭގައި 2018 ގައި ބޭއްވި ރިޔާސީ އިންތިހާބު ނާކާމިޔާބުވުމުން ޕީ.ޕީ.އެމްގެ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވެސް ވަނީ ވޯޓު އޮޅުވާލީ ކަމަށް ވިދާޅުވެ، ބަލި ގަބޫލް ނުކުރައްވައި ސުޕްރީމު ކޯޓަށް ވަޑައިގެންފައެވެ. ނަމަވެސް ވޯޓަށް އެއްވެސް ބަދަލެއް ސުޕްރީމު ކޯޓަކުން ނުގެނެއެވެ.

ޑރ. ޝަހީދުގެ ވާހަކަތަކަށް ރައްދު ދެއްވައި މުންދު ވިދާޅުވީ، ޓްރަމްޕްގެ އުޅުއްވުން ބޮޑަށް ވައްތަރީ ޑރ. ޝަހީދުގެ ކުރީގެ ސާހިބު، ކުރީގެ ރައީސް މުޙައްމަދު ނަޝީދާ ކަމަށެވެ. އެހެން ކަމުން ޓްރަމްޕް ވާނީ އެމްޑީޕީގެ މެމްބަރަކަށް ކަމަށް މުންދު ވިދާޅުވިއެވެ.

“އަބުރާ ބެހުުން، ދޮގުހެދުން، ދެ އަނގައިން ވާހަކަ ދެއްކުން، މަވެތިކަން، މެދު ނުކެނޑި ޓްވީޓް ކުރެއްވުން، މައިންބަފައިން ކޮޅަށްޖެހި ވިޔަފާރި ފުނޑާލުން، މިހެން މިހެން އައިސް ލައްކަ ގިނަ ގޮތްގޮތް ދެންނެވިދާނެ. އެހެންކަމަށް ވަންޏާ ރައީސް ޓްރަމްޕު ވާނީ އެމް.ޑީ.ޕީ މެމްބަރަކަށް ނޫންތޯ؟” ޑރ. ޝަހީދަށް ރައްދު ދެއްވަމުން މުންދުގެ ފޭސްބުކްގައި ލިޔުއްވާފައިވެއެވެ.

މުންދުގެ މިވާހަކަތަކަކަކީ ތެދު ވާހަކަތަކެއް ކަމަށް ބުނެ ގިނަ ބަޔަކު އެވާހަކަތަކަށް ތައުރީފު ކޮށްފައިވެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top