އެއް މަސްދުވަހުގެ ތެރޭގައި ތިންފަހަރަށް ތެލުގެއަގު ބޮޑުކޮށްފި

ހހހހ.jpg

އޭދަފުށީގެ ޕެޓްރޯލް ޝެޑަކުން ސައިކަލަކަށް ޕެޓްރޯލް އަޅަނީ

އެއް މަސްދުވަހުގެ ތެރޭގައި ތިން ފަހަރަށް އެސްޓީއޯ އިން ތެލުގެ އަގު ބޮޑުކޮށްފި އެވެ.

އެސްޓީއޯއިން ބުނީ، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ހިފެހެއްޓުމެއްނެތި އުފުލެމުން ދަނިކޮށް މިދިޔަ ފެބްރުއަރީ މަހުގެ ފަހުކޮޅު ރަޝިއާ އާއި ޔޫކްރެއިންއާ ދެމެދު ފަށާފައިވާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު މައްޗަށްދާ ނިސްބަތް އިތުރަށް ހަލުވިވެފައިވާ ކަމަށެވެ.

އެހެންކަމުން މިއަދުން ފެށިގެން ފިއުލް ސަޕްލައި މޯލްޑިވަސް (އެފްއެސްއެމް)ގެ ސްޓޭޝަންތަކުން ވިއްކާ ތެލުގެ އަގު ބޮޑުކޮށްފައިވާ ކަމަށެވެ. އެހެންވެ މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 14.60 ރުފިޔާއަށް ކަމަށާއި ޑީސަލް ލީޓަރެއް ވިއްކާނީ 14.80 ރުފިޔާއަށް ކަމަށް އެސްޓީއޯއިން ބުންޏެވެ.

އެސްޓީއޯއިން ވަނީ މިދިޔަ މަހުގެ 13 ވަނަ ދުވަހު ވެސް ތެޔޮ ވިއްކާ އަގުބޮޑު ކޮށްފައެވެ. އެފަހަރު ޕެޓްރޯލް ލީޓަރެއްގެ އަގު ބޮޑު ކުރީ 12.98 ރުފިޔާ އަށެވެ. ޑީސަލް ލީޓަރެއް 13.04 ރުފިޔާއަށެވެ.

މީގެ އިތުރުން މިއަހަރުގެ ޖެނުއަރީ މަހު ވެސް އެސްޓީއޯން ވަނީ ތެޔޮ ވިއްކާ އަގުބޮޑުކޮށްފައެވެ. އެފަހަރު ޕެޓްރޯލް ލީޑަރެއްގެ އަގު ބޮޑު ކުރީ 11.16 ރުފިޔާއަށެވެ. އަދި ޑީސަލް ލީޓަރެއް އަގު 11.84 ރުފިޔާއަށް ބޮޑު ކުރިއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top