ފުޅަދޫ ބަނދަރު މަޝްރޫއުގެ 86 އިންސައްތަ ނިންމައިފި

IMG_6532.jpg

ސަރުކާރުން އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ބ. ފުޅަދޫ ބަނދަރު ހެދުމުގެ މަޝްރޫއުގެ މަސައްކަތް 86 އިންސައްތަ ނިމިފައިވާކަމަށް އެކުންފުނިން ބުނެފި އެވެ.

އެމްޓީސީސީ އިން ރަށްރަށުގައި ހިންގާ ތަރައްގީގެ މަޝްރޫއު ތަކުގެ އަޕްޑޭޓް ދިނުމުގެ ގޮތުން ފުޅަދޫ ބަނދަރުގެ މަސައްކަތްކުރިއަށް ދާގޮތާ ބެހޭގޮތުން ބުނީ ބަނދަރުގެ ބޭރުތޮށި ލުމަށް ބޭނުންވާ ބޮޑުހިލައިގެ ދެވަނަ ޝިޕްމަންޓް، ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާކަމަށެވެ.

މި މަޝްރޫއުގެ ދަށުން، 51,861.5 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 223 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމާއި، 108 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 283 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނޭ ކަމަށާއި، އަދި ނެރު ބައްތި އާއި މަގު ބައްތި ހަރުކުރުމާއި، 558 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ.

މި މަޝްރޫއުއަކީ 49.4 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top