ޕްރިޔަންކާ ޗޯޕްރާއަކީ އެތަކެއް ހިތްތަކުގެ ރާނީއެވެ. އޭނާވަނީ ރީތި ކަމުގެ ގޮތުން ދުނިޔޭގެ އެންމެ ރީތި އަންހެނާގެ މަގާމް ހާސިލް ކޮށްފައެވެ. އެކަމަކު އޭގެ ފަހުން މިހާހިސާބަށް އޭނާއައީ ހަމައެކަނީ ރީތި ކަމަކުންނޫނެވެ. ހުނަރާއި މޮޅުކަން އަދި ފިލްމީ ޖާދޫން މީހުންގެ ހިތްތަކުން ޖާގަ ހޯދާފައިވަނީ އޭގެ ފަހުން ނެވެ. ބުރަ މަސައްކަތްވެސް ކޮށްގެންނެވެ.
ރީތީގެ ރާނީގެ މަގާމް ލިބުނު ފަހުން އޭނާ ވަނީ ތަފާތު ދާއިރާތަކުން އޭނާގެ ފަންނުވެރިކަން ދައްކާލާފައެވެ. އެކްޓްކުރުމުގެ ރޮނގުން އޭނާގެ ކެރިއަރ އަދިވެސް ހުރީ އެންމެ އުހުގައެވެ. ލަވަކިއުމާއި އެހީތެރިކަން ބޭނުންވެފައިވާ މީހުންނަށް އެހީތެރިކަން ފޯރު ކޮށްދޭ މީހެއްގެ ގޮތުންވެސް އޭނާ ވަނީ ފާހަގަކުރެވޭ ތަރިއަކަށެވެ. އޭނާއަކީ މަޝްހޫރު ގިނަ އުފެއްދުން ތަކެއްގެ ބްރޭންޑް އެމްބެސެޑަރވެސް މެއެވެ. އޭގެ ތެރޭގައި ޕެޕްސީ ، ނޮކިޔާ ، ނެސްލޭ ، ހީރޯ ހޮންޑާ ހިމެނެއެވެ. މީގެ އިތުރުން ޔުނިސެފްގެ ފަރާތުން އޭނާވަނީ އަންހެނުންގެ ހައެްގުތައް ހޯދައިދިނުމާއި ކުދިންނަށް ތައުލީމު ދިނުނުމުގެ މުހިއްމު ކަމާބެހޭ ގޮތުން ހޭލުންތެރި ކުރުވުމަށް މަސައްކަތް ކޮށްދީފައެވެ.
އުމުރުން 34 އަހަރުގެ ޕްރިޔަންކާ މިހާރުވެސް ފެންނަނީ ޓީންއޭޖްގެ ކުއްޖެއްގެ ގޮތުގައެވެ. އޭނާގެ ރީތި ކަމުގެ އަނެއްފަރާތުގައި ފޮރުވިފައިވަނި ރީތިވުމަށް ބޭނުންކުރާ ތެރަޕީއާއި މޭކަޕްކުރަން ގެންގުޅޭ ޕްރޮޑަކްޓްތައް އަދި ބޭނުންކުރާ ގޮތްކަމަށް ބުނެފައިވެއެވެ. ރީތިކޮށް ހުރުމަށް އޭނާ ގެންގުޅޭ ބައެއް އާދަތަކަށް ބަލައިލަމާ ހިނގާށެވެ.
އިސްތަށި ގަނޑު
ޕްރިޔަންކާގެ އިސްތަށިގަނޑަށް ރީތިކޮށް ބަލާލިން ހެއްޔެވެ. އެކި ފަހަރު އެކި ސްޓައިލަށް ބަދަލުކުރާ މި އިސްތަށިގަނޑު ބައެއް ފަހަރު ހެދުމާ ގުޅޭ ކަހަލަ ގޮތަކަށް ނުވަތަ އެ މުނާސަބާއަކާ ގުޅޭގޮތަށް ބަދަލު ކުރެއެވެ. އެހެންނަމަވެސް އެއްކަމެއް ބަދަލުނުކޮށް ކޮންމެ ދުވަހަކުވެސް ގަވާއިދުން ކުރެއެވެ. އެއީ އިސްތަށި ގަނޑު “ހޮޓް އޮއިލް “އިން މަސާޖް ކުރުމެވެ. އޭނާ ބުނަނީ މުޅި ދުވާލު މަސައްކަތް ކުރުމަށް ފަހު ލިބޭ ވަރުބަލި ކަމާއެކު އިސްތަށި ގަނޑަށް ދެވޭނެ އެންމެ މޮޅު ފަރުވާ އަކީ ހޮޓް އޮއިލްއިން މަސާޖް ކުރުން ކަމުގައެވެ. މިކަމުގެ ސަބަބުން އިސްތަށި ގަނޑު މަޑުވެ އަދި ބޭނުންގޮތަކަށް މެނޭޖް ކުރެވެއެވެ.
ހޮޓްއޮއިލްގެ ރަނގަޅު ނަތީޖާ ފެންނާނީ 40-50 ޑިގްރީގެ ހޫނު މިނުގައި އިސްތަށިގަނޑުގައި އުނގުޅައި އިސްތަށިތަކުގެބުޑާއެކު 30 މިނިޓް ނުވަތަ ގަޑިއެއްހައި އިރުފަހުން ދޮވެލުމަށްފަހު ޝޭމްޕޫއެއް ބޭނުން ކޮށްގެން ބޯދޮވެލުމުން ކަމުގައި ޕްރިޔަންކާ ބުނެއެވެ.
ކެއުން
ގަވާއިދުން ކެއުމާއެކު ގިނައިން ފެން ބުއިމަކީ އޭނާގެ އާދައެކެވެ. ހަމައެއާއެކު ޕްރިޔަންކާ ވަރަށް ގިނައިން ކުރުނބާފެން ބުއިމަށް ލޯބިކުރާކަމަށް ބުނެއެވެ. ތެލުލި އެއްޗެތީގެ ބަދަލުގައި އޭނާ ބޭނުންކުރަނީ ފެނުކެއްކި ނުވަތަ ފިހެފަ ހުންނަ ކާ ތަކެއްޗެވެ .
އޭނާ ބުނަނީ ކޮންމެ މީހަކުވެސް ގިނައިން ފެންބުއިމަކީ ހަށިގަނޑު ހިންގުމަށާއި ބަލިތަކުން ސަލާމަތްވެތިބުމަށް ކޮންމެހެން ކުރަންޖެހޭ ކަމަކަށް ވާއިރު ދުވާލަކު މަދުވެގެން 8 ތަށި ފެން ބުއިމަށް ޑޮކްޓަރުންވެސް ލަފާދޭކަމަށާއި އެކަން ހަނދާންކުރުމަށެވެ. ފެންވާނީ ފެނަށެވެ. ފާޑުފާޑުގެ ފިޒީ ޑްރިންކްސްެއާއި އެހެން އެއްޗިއްސާ އެއްކޮށްފައި ހުންނަ ފެނަކީ ފެންކަމަށް ބަލައިގެން ނުވާނެއެވެ.
ތުންފަތް
ކޮންމެ ރެއަކުވެސް އޭނާގެ ތުންފަތުގައި ގިނައިން ކިރު އެކުލެވިގެންވާ ކްރީމެއް ބޭނުން ކުރެއެވެ .އޭނާ ބުނަނީ އޭރުން ތުންފަތް ހިކުމުން ރައްކާތެރިކުރުމާއެކު ރަނގަޅު ސިއްހަތުގައި މަޑުކޮށް ހުންނާނެކަމަށެވެ.
ޕްރިޔަންކާ ބޭނުންކުރަނީ ގަދަ ބްރައުން ކުލައާއި ފިޔާތޮށި ކުލައިގެލިޕްސްޓިކެވެ. ބޭނުންކުރާ ބްރޭންޑްތަކަކީ ލައުރާ މާރސިއަރލިޕްސްޓެއިންގެ މަލްބެރީ ކުލައާއި ދަ ބޮޑީޝޮޕްގެ ބޯންލިޕީ ލިޕް ބާމްއެވެ. ޕްރިޔަންކާގެ ލަފައަކީ ކޮންމެ އަންހެންކުއްޖަކުވެސް ތުންފަތް މަޑުކޮށް ބެހެއްޓުމަށް މަސައްކަތް ކުރުމަށާއި ޚާއްސަކޮށް ފިނި މޫސުމުގައެވެ.