ކުރު ވާހަކަ – ކައިވެނީގެ ހަގީގަތް

url-5.jpg

 

ބޮޑެތި މީހުންނަށް ކިޔަވައިދޭ ކްލާހެއްގެ ހަވީރުގަޑިއަށް ޓީޗަރ ކްލާހަށްވަދެ ދަރިވަރުންނާ މުޚާތަބް ކުރިއެވެ.

” ހިނގާ މިއަދު ގޭމެއް ކުޅެމާ ! ‘” ޓީޗަރ އެހެން ބުނުމަށްފަހު ދަރިވަރަކަށް ގޮވާލިއެވެ.

އެލިސް ކުރިއަށް ޖެހިލިއެވެ.  ޓީޗަރ އެދުނީ އެލިސްގެ ދިރިއުޅުމުގެ އެންމެ މުހިއްމު 30 ބައިވެރިންގެ ނަން ބްލެކްބޯޑުގައި ލިއުމަށެވެ.

އެލިސް ލިޔަން ފެށިއެވެ. އޭނާގެ އާއިލީ މެންބަރުންނާއި ގާތްތިމާގެ މީހުންގެ އިތުރުން ރަހުމަތްތެރިންނާއި އަވައްޓެރިންގެ ނަންވެސްހިމެނިއެވެ.

ލިޔެ ނިމުމުން ޓީޗަރ ބުނީ ލިޔުނު ނަންތަކުގެ ތެރެއިން އެންމެ މުހިއްމުކަން ކުޑަ ތިންނަން ފޮހެލުމަށެވެ.

އެލިސް ،ތިން ނަން ފުހެލިއެވެ. އެކަމަކު އަނެއްކާވެސް ޓީޗަރ، އިތުރު ފަސް ނަން ފޮހެލަން ބުނެފިއެވެ.

މިފަހަރު އޭނާ ފުހެލީ އަވައްޓެރިންގެ ފަސް ނަމެވެ.

މިކަން މިގޮތަށް ހަތަރު ނަމާ ހަމައަށް ދަންދެން ކުރިއަށް ދިޔައެވެ. އެއީ މަންމައާއި ބައްޕައާއި ފިރިމީހާ އާއި ފިރިހެން ދަރިފުޅުގެ ނަމެވެ.

މުޅި ކްލާސް ހިމޭންވެއްޖެއެވެ. މިކަމުގައި ހަމައެކަނި އެލީސް ބައިވެރިކުރުމުން މިއީ ގޭމެއް ނޫންކަމަށް ދަރިވަރުންނަށް ހީކުރެވުނެވެ.

މިހާރު ޓީޗަރ އެބުނަނީ އެތަނުން ދެނަން ފޮހެލުމަށެވެ.

މިއީ އެލީޒް އަށް ވަރަށް އުދަނގޫ ކަމަކަށް ވެއްޖެއެވެ. އެކަމަކު އެހަތަރު ނަމުގެ ތެރެއިން ދެނަން ފޮހެލަން އެބަ ޖެހޭތީވެ މަންމައާއި ބައްޕަގެ ނަން ފުހެލައިފިއެވެ. ބާކީ އޮތީ ފިރިހެން ދަރިފުޅާއި ފިރިމީހާގެ ނަމެވެ.

” އަދި އެއް ނަން ފޮހެލާ ! ” ޓީޗަރ ބުންޏެވެ. އެލީޒް ވަރަށް ބޮޑަށް ހާސްވެ ކަންބޮޑުވެއްޖެއެވެ. އޭނާއަށް ރޮވިއްޖެއެވެ. ވަރަށް ދެރަވެފައިހުރެ އަދި ޓީޗަރ އެދުނުގޮތަށް އޭނާގެ ހަމައެކަނި ހުރި ފިރިހެން ދަރިފުޅުގެ ނަން ފޮހެލައިފިއެވެ.

އެލިސް ގާތު އިށީނުމަށް ބުންޏެވެ.  އިރުކޮޅެއްގެ ފަހުން އެލިސް އާ މުޚާތަބު ކުރިއެވެ. “ކީއްވެ ފިރިމީހާގެ ނަން ނުފެހެލީ. ؟ މައިންބަފައިނަކީ ކަލޭ މިދުނިޔެއަށް އައުމުގެ އަސްލު. ކަލޭ މީހަކަށް ހެދުމަށް ރެއާ ދުވާ އެއްކޮށްލައިގެން މަސައްކަތް ކޮށްދިނީ އެ ދެމީހުން. އަދި ކަލޭގެ ފިރިހެން ދަރިފުޅު….. އެއީ ކަލޭގެ ހުރި ހަމަ އެކަނި ދަރިއަކީ . ފިރިމީހާއަކީ އަދިވެސް ހޯދިދާނެ މީހެއް .ވަރި ކުރިނަމަވެސް އެހެން ފިރިއެއް ހޯދިދާނެ ކޮންމެ އިރަކުވެސް. ”

ހިމޭންވެފައިއޮތް ކްލާހުގެ ހުރިހާ ދަރިވަރުންވެސް ތިބީ އެލިޒްގެ ނިންމުމަށް އިތުރު ވާހަކަތަކެއް އަހަން ބޭނުންވެފައެވެ. އަދި އޭނާއަށް އެހުރިހާ މީހުންގެ ތެރެއިން ފިރިމީހާ މުހިއްމުވީ ކީއްވެގެންކަމާމެދު ސުވާލު އުފެދިފައެވެ.

އެލީޒް ފެށިއެވެ. މަޑުމަޑުން ބުންޏެވެ. ” އެއްދުވަހަކުން މައިން ބަފައިން އަހަރެން ދޫކޮށް މަރުވެގެން ހިނގައިދާނެ. އެއީ ކަންހިނގާ ގޮތް.  ދަރިފުޅުވެސް ބޮޑުވުމާއެކު އަހަރެން ދޫކޮށްލާފައި ދާން ޖެހޭނެ. މަތީ ތައުލީމަށް ނުވަތަ ވިޔަފާރިއަށް ނޫނީ ކޮންމެވެސް އެހެން ކަމަކު. ނަމަވެސް އަބަދުވެސް އަހަންނާއެކު ވަފާތެރިއެއްގެ ގޮތުގައި ދެމިހުންނާނެ އަހަރެން ދޫކޮށްފައި ނުދާނެ ހަމައެކަނި މީހަކީ ފިރިމީހާ . ”

ހުރިހާކުދިން ކޮޅަށް ތެދުވެއްޖެއެވެ. ދިރިއުޅުމުގެ މި ހަގީގަތަށް އެއްބަސްވުމުގެ ގޮތުން ތައުރީފުގެ ބަސްތަކާއެކު އަތްޖަހަން ފެށިއެވެ.

ތެދަކީ މިއެވެ. އަބަދުވެސް ބައިވެރިޔާގެ އަގު ވަޒަންކުރާށެވެ. އެއީ ހަމައެކަނި އަނބިމީހާ ނުވަތަ ފިރިމީހާގެ ގޮތަކުންވެސް ނޫނެވެ.  ﷲ މިދެމީހުން ދެ ހަށިގަނޑެއްގައިވާ އެއްފުރާނައެއްގެ ގޮތުގައި ލެއްވީ މިފަދަ އެހެން މިސާލެއް މި ދުނިޔޭގައި ނުވާނެ ގޮތުގެ މަތިންނެވެ. ކައިވެނީގެ ހަގީގަތަކީ މިއީއެވެ. (ތަރުޖަމާއެއް )

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top