ޑީސީސީއޭ އާ ފޭލި ގުޅިގެން އޭދަފުށިގައި ކެބިން ކްރޫން ތަމްރީން ކުރަން ފަށައިފި

23172707_1542408112515399_4990482835818576666_n.jpg

ކެބިން ކްރޫން ތަމްރީން ކުރުމަށް އިއްޔެ އޭދަފުށީގައި ފެށި ތަމްރީން ޕްރޮޤްރާމް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ފޭލި

ދިވެހި ކެބިން ކްރޫ އެކަޑަމީ (ޑީސީސީއޭ) އާއި ފޭލި ޖަމިއްޔާ ގުޅިގެން ބ. އޭދަފުށީގައި ކެބިން ކްރޫން ތަމްރީން ކުރުމުގެ ކޯހެއް ފަށައިފިއެވެ.

މުޅިން އަލަށް އޭދަފުށިގައި ފެށި މިކޯހުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން ޖުމްލަ 14 ކުއްޖަކު ބައިވެރިވެފައިވާކަމަށް ފޭލި ޖަމިއްޔާއިން ބުނެއެވެ. އިއްޔެ މެންދުރުފަހު ބ. އަތޮޅު ހޮސްޕިޓަލް ސެމިނާ ރޫމްގައި ފެށުނު މިކޯހުގައި ކިޔަވައިދެއްވަނީ އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރު ލެކްޗަރާއިންކަމަށްވެސް ފޭލިން ބުންޏެވެ.

ފޭލި ޖަމިއްޔާގެ އިސްބޭފުޅެއްކަމުގައިވާ އަލީ އިމާދު ވިދާޅުވީ 10 ދުވަހުގެ މުއްދަތަށް ކުރިޔަށް ގެންދާ މިކޯހަކީ ރާއްޖޭގެ ޒުވާނުންނަށް ހާއްސަކޮށް ބ. އަތޮޅަށް ފޭލި ޖަމްއިއްޔާއިން ހުޅުވާލި ފުރުސަތެއްކަމަށާ، މިފަދަ ކޯސްތައް އޭދަފުށީގައި ތިބެގެން ހެދުމުގެ ފުރުސަތު ކުރޫ އެކަޑަމީން ފަހިކޮށްދެއްވިކަމީ ވަރަށް ބޮޑު ނަސީބެއްކަމަށެވެ.

“އާންމުކޮށް މިކަހަލަ ކޯސްތައް ރާއްޖެތެރޭގައި އެއްގޮތަކަށްވެސް ނޯވެ. އެހެންނަމަވެސް ފޭއްޔަކީ ތަފާތު ކަންކަން ޒުވާނުންނާ އާންމުންނަށް ތައާރަފްކުރާ ޖަމްއިއްޔާއެއްވީމާ، މިކޯސް ހިންގަން ޝައުޤުވެރިވީ. ވަރަށް އުފާވޭ ފޭލި މެދުވެރިކޮށް ޒުވާނުންނަށް މިފަދަ ފުރުސަތެއް ހޯދާދެވުނީމާ” އަލީ އިމާދު ވިދާޅުވިއެވެ.

އިމާދު ވިދާޅުވީ ކެބިން ކުރޫ ކޯހުގެ ގިނަ ބައިވެރިންނަކީ ދުރު އަތޮޅުތަކުން މިކަމަށް ޝައުގުވެރިވެގެން ސީދާ އޭދަފުއްޓަށް އައިސްފައިވާ ކުދިންކަމަށާ، މިއީ ފޭލި ޖަމްއިއްޔާއިން ފަހުރުވެރިވާކަމެއް ކަމަށެވެ. އަދި މިފަދަ ކޯސްތައް ކުރިޔަށް އޮތްތަނުގައި ފުޅާ ދާއިރާއެއްގައި ކުރިޔަށް ގެންދިއުމަށް ވިސްނާ ކަމަށްވެސް އިމާދު ވިދާޅުވިއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top