ފޮޓޯއިން ހަބަރު: ފުޅަދޫ ސްކޫލް ޕީޓީއޭގެ ހެދިކާ ހަވީރު

123.jpg

ފުޅަދޫ ސްކޫލް ޕީޓީއޭއިން އިއްޔެ ކުރިޔަށްގެންދިޔަ ހެދިކާ ވިއްކުމުގެ ހަވީރުގެ ތެރެއިން. މިއިވެންޓުން 14000 އަށްވުރެ ގިނަ ރުފިޔާ ލިބުނުކަމަށް ފުޅަދޫ ސްކޫލުން ބުނޭ / ފޮޓޯ: އަހްމަދު އަޝްރަފް

4 ނޮވެމްބަރ 2017 (ބ. ފުޅަދޫ) :- ބ. ފުޅަދޫ ސްކޫލްގެ ޕީޓީއޭއަށް ފައިސާ ހޯދުމުގެ ގޮތުން އިއްޔެ އެރަށުގައި ހެދިކާ ހަވީރެއް ބާއްވައިފިއެވެ.

ޕީޓީއޭގެ މެމްބަރުން 5 ގްރޫޕަކަށް ބަހާލައިގެން އެރަށު ސްކޫލް މަގުމަތީ ސަރަހައްދުގައި އިއްޔެ ކުރިޔަށް ގެންދިޔަ މިހަރަކާތުގައި 5 ސްޓޯލަކުން ހެދިކާ ހަދައި، އާންމުންނަށް ސަޔާ ހެދިކާ ވިއްކާފައިވެއެވެ. ފުޅަދޫ ސްކޫލްގެ ޕީޓީއޭ ނާއިބްރައީސާ އައިމިނަތު ނިޒާމާ ވިދާޅުވީ ފުޅަދޫގެ މުޅި ރައްޔިތުން ވަރަށް ފޯރިއާއެކު އިއްޔެ ކުރިޔަށް ގެންދިޔަ މިހަރަކާތުން ސާދަހާހަށްވުރެ ގިނަ ރުފިޔާ ލިބުނުކަމަށެވެ.

ނިޒާމާ ވިދާޅުވީ މިފައިސާ ބޭނުންކޮށްގެން ފުޅަދޫ ސްކޫލްގެ ދަރިވަރުންގެ ކުރިއެރުމަށް އިތުރު ވަސީލަތްތައް ހޯދުމަށް ވިސްނާކަމަށެވެ.

ފޮޓޯތައް: ފުޅަދޫން މުހައްމަދު ޝާނީޒް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top