ރ. އަތޮޅުގައި އިތުރު އެއާޕޯޓެއް

273441_aae60d1e-5_-2048x1365-1.jpg

މާޅޮސްމަޑުލު އުތުރުބުރީގައި އިތުރު އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ، އިބްރާހީމް މުހަމއްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

ރަސްމީ ދަތުރުފުޅެއްގައި ރ. އަލިފުއްޓަށް މިއަދު ވަޑައިގެން ރ.އަތޮޅު ކައުންސިލު މެންބަރުންނާއި ބައްދަލު ކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ ރ. އަތޮޅު ދެކުނު ބިތުގައި އެއާޕޯޓެއް އަޅުއްވައި ދެއްވާނެ ކަމަށާއި، އެކަމާ ގުޅިގެން މިހާރު ނުނިމި އޮތް ކަމަކީ، އެއާޕޯޓް އަޅާނެ ތަނެއް ކަނޑައެޅުމުގެ މައްސަލަ ކަމަށެވެ.

އަދި، ދެން އެންމެ އަވަހަށް އާރްޓީއެލް ފެރީގެ ޚިދުމަތް ފެށިގެން ދާނެ ސަރަޙައްދުތަކުގެ ތެރޭގައި ރ. އަތޮޅު ހިމެނިގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކުރިން ފަތުރުވެރިކަމަށް ދޫކޮށްފައިވާ ރ. އުފުލަންދޫ ސަރުކާރަށް ނަގާފައިވާ ކަމަށާއި އަތޮޅުގެ ރައްޔިތުންގެ ބޭނުމަށް އެރަށް އަލުން ދޫކުރައްވާނެ ކަމުގަ އެވެ.

މިބައްދަލުވުމުގައި ރ. އަތޮޅު ކައުންސިލުން ވަނީ، އަތޮޅުގެ ރަށް ރަށަށް ބޭނުންވާ ޢުމްރާނީ އަދި އިޖްތިމާޢީ ތަރައްޤީއާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ކަރުދާހެއް ރައީސަށް އަރުވާފަ އެވެ.

ރ. އަތޮޅު ކައުންސިލުން ފާހަގަކުރެއްވި މުހިއްމު ބައެއް ކަންކަމުގެ ތެރޭގައި، ރ. އަތޮޅުގެ ދެކުނު ބިތުގައި އަޅާ އެއަރޕޯޓުގެ މަސައްކަތް އަވަސްކުރުމާއި، ރ. ވަންދޫ ރީޖަނަލް ވޭސްޓް މެނޭޖްމެންޓް ސެންޓަރުގައި ފައިބަރު ކުނި ނައްތާލެވޭނެ ގޮތް ހެދުމާއި، ރ. އަތޮޅުގެ ރަށްރަށުގެ ރައްޔިތުންނަށް ޕިކްނިކް ދިޔުމަށް 3 ރަށެއް ކަނޑައެޅުން ހިމެނެ އެވެ.

މީގެ އިތުރުން، އުނގޫފާރު ރީޖަނަލް ހޮސްޕިޓަލްގެ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ހިންގޭ މަޝްރޫޢުތައް އިތުރަށް ހަލުވި ކުރަންޖެހިފައިވާ ކަމަށާއި، ތާރީޚީ ރަށެއްގެ ގޮތުގައި ރ. ކަނދޮޅުދޫ ތަރައްޤީކުރުމަށް، ރ. ކަނދޮޅުދޫ އަތޮޅު ކައުންސިލާއި ހަވާލުކޮށްދެއްވުމަށް، ރ. އަތޮޅު ކައުންސިލުން ވަނީ ރައީސްގެ އަރިހުގައި ދަންނަވާފަ އެވެ.

ރައީސް ވިދާޅުވީ އަތޮޅު ކައުންސިލު މެންބަރުން ފާހަގަކުރެއްވި ކަންކަމުގައި ސަރުކާރުގެ ކަމާއި ބެހޭ އިދާރާތަކުން ކުރެވެން ހުރި ކަންކަން ބައްލަވައި އެކަންކަން ކޮށްދެއްވުމަށް މަސައްކަތްކުރައްވާނެ ކަމަށެވެ.

ރ. އަތޮޅުގައި މިވަގުތު އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ތަރައްގީކުރި އިފުރު އެއާޕޯޓެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top