މަރާމާތަށްފަހު ފުށިފަންނު ޕާކް ހުޅުވައިފި

main.jpg

ފުށިފަންނު ޕާކް /އީވީ ފޮޓޯ

އޭދަފުށީ އާއިލާ އަކުން ރަށުގެ ދެކުނު ފަރާތުގައި 2017ވަނަ އަހަރު ކުޑަކުދިންނަށް ތައްޔާރު ކުރި”ފުށިފަންނު ޕާކް“ މަރާމާތަށް ފަހު މިއަދު އަލުން ހުޅުވައިފި އެވެ.

އޭދަފުށީ އަންހެނުންގެ ކޮމިޓީގެ އެހީތެރިކަމާއެކު އޭދަފުށީ ކައުންސިލުން މި ޕާކް މަރާމާތު ކުރުމާއި އެކު އިތުރަށް ތަރައްގީ ކޮށް އަލުން ހުޅުވާފައިވަނީ ކުޑަކުދިން ކުޅުމަށް އިތުރު ސްލައިޑްތަކާއި ބޮޑެތި މީހުންނަށް ހާއްސަކޮށްގެން ކުރިން ހަދާފައިވާ ޖިމާއި ދުވާ ޓްރެކްވެސް ފުރިހަމަކޮށްފައެވެ.

 

ރަށު ކައުންސިލުން މައުލޫމާތު ދިން ގޮތުގައި މިޕާކް މަރާމާތު ކުރުމަށް ކައުންސިލުން 229،000 ރުފިޔާ އާއި ތަކެތި އިންސްޓޯލް ކުރުމަށް އަންހެނުންގެ ކޮމެޓީން 34,500 ރުފިޔާ ޚަރަދުކުރި އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top