އަބުރުގެ ބިލުން ނޫސްވެރިންގެ މިނިވަންކަމުގެ އިން ހަނިކުރެވޭ: އެމްޖޭއޭ

Raees-Noosverin.jpg

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ނޫސްވެރިންތަކެއް ބައިވެރިވަނީ. --- ފޮޓޯ: ރައީސް އޮފީސް

އަބުރުގެ ގާނޫނުގެ ސަބަބުން ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންތައް ހަނިކުރެވޭ ކަމަށް މޯލްޑިވްސް ޖާނަލިސްޓު އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.

އެމްޖޭއޭ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ، އަބުރާއި ބެހުން ޖިނާއީ ކުށެއްގެ ގޮތުގައި ހަދައި ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ސަރުކާރުން ފެށުމުން އެކަމާއި ގުޅިގެން ގިނަ ކަންބޮޑުވުންތަކެއް މީޑިއާތަކުން އެ ޖަމިއްޔާ އަށް ހުށަހަޅާފައިވާ ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނީ، މިހާރު ވެސް އޮތް ގޮތަށް ސަރުކާރުގެ ފަރާތުން ހުށަހަޅާ އަބުރުގެ ބިލުގައި ވެސް އަބުރާ ބެހުމަކީ މަދަނީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައި ބޭއްވުމަށާއި ނޫސްވެރިކަމުގެ މިނިވަންކަން ހަނިވާނެ ފަދަ އެއްވެސް ކަމެއް އެބިލުގައި ނުހިމެނުމަށް ދިވެހި ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލާ ކަމަށެވެ.

މިކަމުގެ ސަބަބުން އެ ހައްގުތައް އެންމެ ފުރިހަމައަށް ރަނގަޅުގޮތުގައި ބޭނުންކުރާ ނޫސްވެރިންނާއި އާންމުން ފަސްޖެހި ހައްގުތައް ހެޔޮގޮތުގައި ބޭނުންކުރާ ފަރާތްތަކުގެ އަނގަ ބަންދުކުރުމަށް ބާރުވެރި ފަރާތްތަކަށް ފަސޭހަވުމަށް ދޮރު ހުޅުވޭ ކަމަށް އެ ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

އެމްޖޭއޭ އިން ބުނީ، ނޫސްވެރިކަމާ ގުޅުން ހުރި ކަންކަން ރެގިއުލޭޓްކުރުމުގައި ސަރުކާރަށް ނުފޫޒު ފޯރުވޭ ދައުރެއް، ނުވަތަ ޖިނާއީ ދައުރެއް އޮތުމަކީ ފާޑުކިޔުން ގިނަ، މިނިވަން އަދި ތަހުގީގީ ނޫސްވެރިކަމެއް ކުރުމަށް އޮތް ޖާގަ ހަނިވެގެންދާނެ ކަމަށެވެ.

އެ ޖަމިއްޔާއިން ގަބޫލު ކުރަނީ އަބުރާ ބެހުމުގެ ކުށަކީ މިހާރު ވެސް އޮންނަ ގޮތަށް މަދަނީ ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބާއްވަން ޖެހޭ ކަމެއް ކަމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top