ސްކޫލްތަކުގައި ކިޔަވައިދޭނީ ދަރިވަރުން ސްކޫލަށް ގެންގޮސްގެން

C5fPxQxUwAEhPUR.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުން ކޮޅެއް

ދިރާސީ އާ އަހަރުގެ ކިޔެވުން ކުރިއަށް ގެންދާނީ ސްކޫލުތަކަށް ކުދިން ހާޒިރުކޮށްގެން އާއްމު ހާލަތާ އެއްގޮތަށް ކަމަށާ ކިޔަވައިދޭނީ ކޮވިޑުގެ ކުރިން ކަނޑައަޅާފައި އޮތް ވަގުތުތަކާ އެއްގޮތަށް ކަމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމައިފިއެވެ.

މި ދުވަސްވަރަކީ ކޮވިޑް-19 ގެ އާލަމީ ވަބާ ރާއްޖޭގެ އެކި ކަންކޮޅުތަކުން ފެންނަމުންދާ ދުވަސްވަރެކެވެ. އެހެންކަމުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަދި ހެލްތް މިނިސްޓްރީގެ އިރުޝާދުތަކާ އެއްގޮތަށް ސްކޫލްތަކުގައި ކިޔަވައިދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އަންގާފައެވެ.

މިނިސްޓްރީން މިއަދު ސްކޫލްތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ، ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާއިރު ވެސް ކޮވިޑާ ގުޅިގެން އެޅި ބައެއް ފިޔަވަޅުތައް އަދިވެސް ތަންފީޒު ކުރަން އަންގާފަ އެވެ. އެގޮތުން ދަރިވަރުން ކުލާސް ތަކުގައި ތިބޭއިރު ގައިދުރުކުރުމާއި، ކްލާސް ރޫމުތަކުގައި ވައިދައުރުވާ ގޮތަށް ދޮރުފަތްތައް ހުޅުވާލާފައި ބެހެއްޓުން ހިމެނެ އެވެ.

މީގެއިތުރުން ހައިރިސްކް ދަރިވަރުން ސްކޫލްގައި އުޅޭ ވަގުތުތަކުގައި މާސްކާއެކު ފޭސް ޝީލްޑް ބޭނުން ކުރުމާއި، ރާއްޖެއިން ބޭރުގައި އުޅުމަށްފަހު މިމަހު ރާއްޖެ އައި ދަރިވަރުންނާއި ޓީޗަރުންނާއި މުވައްޒަފުން ފަސް ދުވަހާއި ހަތް ދުވަހުގެ ތެރޭގައި ޕީސީއާރް ޓެސްޓެއް ހަދައި ނަތީޖާ ނެގެޓިވްވުމުން ނޫނީ ސުކޫލަށް ނުދިއުމަށް ވެސް އިރުޝާދު ދީފައިވެ އެވެ. މި މަހުން ފެށިގެން މޮނިޓަރިންގައި އޮތް ރަށަކުން އެހެން ރަށަކަށް ދަތުރުކުރާ ދަރިވަރުންނާއި ޓީޗަރުންނާއި މުވައްޒަފުން ވެސް އެގޮތަށް އަމަލުކުރުމަށް އަންގާފައިވެ އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގެ ސާކިއުލާގައިވާ ގޮތުން ކޮވިޑްގެ ކުރީގައި އާންމު ހާލަތުގައި ކިޔަވައިދިން ގޮތަށް ދިރާސީ އާ އަހަރުގައިވެސް ދަންފަޅި ތަކުގެ ދިގުމިން ހަމަޖެހިފައި ހުންނާނެ އެވެ. އެކަމަކު ސްކޫލުތަކުގައި އިތުރު ހަރަކާތްތައް ފަށަން ނިންމާފައިވަނީ އުމުރުން 12 އަހަރުން މަތީގެ ހުރިހާ ދަރިވަރުން ވެކްސިން ޖަހާ ނިމުމުންނެވެ.

އެހެން އަހަރުތަކާ ތަފާތުކޮށް ދިރާސީ އާ އަހަރު ފެށުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އެހެން އަހަރުތަކުގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަނީ އަހަރުގެ ފުރަތަމަ މަސް ކަމުގައިވާ ޖެނުއަރީގަ އެވެ.ސްކޫލްތަކުގެ ދަންފަޅި އޮންނާނީ، އާއްމު ހާލަތުގައި ވެސް އޮންނަ ވަރަށް ކަމަށެވެ.

އެހެން އަހަރުތަކާ ތަފާތުކޮށް ދިރާސީ އާ އަހަރު ފެށުމަށް ހަމަޖައްސާފައިވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އެހެން އަހަރުތަކުގައި ދިރާސީ އާ އަހަރުގެ ކިޔެވުން ފަށަނީ އަހަރުގެ ފުރަތަމަ މަސް ކަމުގައިވާ ޖެނުއަރީގަ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top