ބޯކޮށް ވާރޭވެހި، މާޅޮހަށް ބޮޑެތި ގެއްލުންތަކެއް

DSCN2360.jpg

ބ.މާޅޮސް--: އީވީ ފައިލް ފޮޓޯ

ރޭ ދަންވަރުން ފެށިގެން މެދުނުކެނޑި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބ. މާޅޮހަށް ބޮޑެތި ގެއްލުން ތަކެއް ވެއްޖެ އެވެ.

މާޅޮހު ކައުންސިލްގެ ރައީސް އަބްދުﷲ ޝުޖާއު ވިދާޅުވި ގޮތުގައި ރޭ ދަންވަރުން ފެށިގެން މެދުނުކެނޑި މިއަދު 10ޖެހުމާ ހަމައަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އެރަށުގެ 12 ގޭގެ ހިފާ ގެންގުޅޭ ތަކެއްޗަށް ފެނުގެ އަސަރުކޮށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެގޮތުން ބައެއް ގޭގައި ހުރި ކަރަންޓު ސާމާނާއި އައިސްއަލަމާރި ފަދަ ތަކެއްޗަށް ވަރަށް ބޮޑަށް ވަނީ ފެނުގެެ އަސަރުކޮށް ގެއްލުން ލިބިފައި ކަމަށާ ބައެއް ގޭގައި މީހުން ދިރި ނޫޅެވޭ ވަރަށް ފެން ވަދެ ގެއްލުން ލިބިފައިވާ ކަމަށްވެސް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، މި ގެތަކަށް ބޮޑަށް ފެނުގެ އަސަރުކޮށްފައި ވަނީ އަޑިން ފެން އެރުމުގެ ސަބަބުން ކަމަށެވެ. އަޑިން ފެން އެރުމުގެ ސަބަބުން އެ ގެތަކުގެ ފާހާނައިގެ ފެންބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މިގެތަކުގައި މީހުން ނޫޅެވޭ ވަރަށް ގެއްލުން ލިބިފައި ވީނަމަވެސް އެއްވެސް ގެއަކުން މީހުން ބަދަލު ކުރެވޭ ފަދަ ހާލަތަކަށް އައިސްފައި ނުވާކަމަށް އޭނާ ވިދާޅުވިއެެވެ.

ޝުޖާއު ވިދާޅުވީ ރަށުގެ ރައްޔިތުންނާއި ކައުންސިލް އިދާރާއިން މިހާރު ކުރަމުން އަންނަނީ ފެން ވަންނަމުން ދާ ގޭގޭގައި ވެލި ބަސްތާ ޖައްސަމުން ކަމަށެވެެ. ރަށުގެ ހާލަތު މިހާހިސާބަށް ދިއުމުން އެެމްއެންޑީއެެފް އާއި އަތޮޅު ކައުންސިލަށްވެސް މިހާރު ވާނީ ރިޕޯޓުކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންނަމަވެސް އެމްއެންޑީއެފްގެ ޓީމެއް އަދި އެރަށަށް ދިޔަކަން އެނގިފައި ނުވާކަމަށް އެރަށުގެ ރައްޔިތަކު މިނޫހަށް މައުލޫމާތު ދިނެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top