ޓެކްސް ބޮޑުކުރުމަށްވުރެ ބޭކާރު ޚަރަދުތައް ކުޑަކުރުން މާރަނގަޅުވާނެ: އެމްޕީ އަލީ

big_Nmk53eJ5Blqdr8Q0SesRwE1cV.jpg

ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސޭން--ފޮޓޯ :މަޖިލިސް އިދާރާ

ރައްޔިތުން އަތުން ނަގާ ޓެކްސް ބޮޑުކުރުމަށްވުރެ ސަރުކާރުން ކުރާ ބޭކާރު ޚަރަދުތައް ކުޑަކުރުން މާރަނގަޅުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މާލީ ހާލަތު ރަނގަޅު ކުރުމުގެ ގޮތުން އަންނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ޖީއެސްޓީއާއި، ޓީޖީއެސްޓީ ބޮޑުކުރުމުގެ ގޮތުން ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ވަނީ ހުށަހަޅާފައެވެ. ސަރުކާރުން ޓެކްސް ބޮޑުކުރަން ނިންމާފައިވަނީ ހަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް މާލީ އިދާރާތަކުން ވެސް ގޮވާލާފައި ވަނިކޮށެވެ.

އަލީ ހުސެއިން ވިދާޅުވީ ރާއްޖޭގައި ޓެކްސްތަކަށް ބަދަލު ގެނައުމަށްވުރެ ބޮޑަށް ކުރަންޖެހޭ ކަންކަން ކޮށްގެން ދައުލަތުގެ ހަރަދުތައް ދެކޮޅު ޖެއްސުމަކީ މުހިންމު ކަމެއް ކަމަށެވެ. މިހާލަތުގައި އެންމެ މުހިންމު ކަމަކީ ދައުލަތުން ކުރާ ބޭކާރު ހަރަދުތައް ކުޑަކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.

މި ވަގުތު ޖީއެސްޓީ ބޮޑު ކުރުމަށްވުރެ ދައުލަތުން ކުރާ ބޭކާރު ޚަރަދުތައް ކުޑަކޮށް އިސްރާފުތައް ހުއްޓާލުން މާރަނގަޅުވާނެ. ސަބްސިޑީ އާއި ދައުލަތުން ދޭ އިނާޔަތްތައް އޭގެ ހައްގުވެރިންނަށް އެކަނި ދޭން ފަށަންވީ.” އޭނާ ވިދާޅުވިއެވެ.

ޓެކްސް ބޮޑުކުރުމުގެ ގޮތުން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ ޖީއެސްޓީ 6 އިންސައްތަ އިން 8 އިންސައްތަ އަށް ބޮޑުކުރުމަށާއި ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތަ އަށް ބޮޑުކުރުމަށެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top