ޑރ.ޒިޔާދުގެ ނަސޭހަތް : ސުވަރުގެއަށް މަގުފަހިވުން

gettyimages-1147358621-e1557174224844.jpg

عَنْ جَابِرِ بْنِ عَبْدِ اللهِ الْأَنْصَارِيِّ رَضِي اللهُ عَنْهُمَا، أَنَّ رَجُلًا سَأَلَ رَسُوْلَ اللهِ صلى الله عليه وسلم، فَقَالَ (أَرَأَيْتَ إذَا صَلَّيْتُ الْمَكْتُوبَاتِ، وَصُمْتُ رَمَضَانَ، وَأَحْلَلْتُ الْحَلَالَ، وَحَرَّمْتُ الْحَرامَ، وَلَمْ أَزِدْ عَلَى ذَلِكَ شَيْئًا، أَأَدْخُلُ الْجَنَّةَ قالَ نَعَمْ). رواه مسلِمٌ.

މާނައީ: މާތް ﷲ ރުއްސުންލެއްވި ޖާބިރުބްނު ޢަބްދުﷲ ގެ އަރިހުން ރިވާވެގެން ވެއެވެ. މީހަކު ރަސޫލާصلى الله عليه وسلم އާއި ސުވާލު ކުރެއްވިއެވެ. ކަލޭގެފާނު ދެނެވަޑައިގަންނެވީމުތޯއެވެ. ފަރުޟު ފަސްނަމާދުކޮށްފައި ރަމަޟާން މަހުރޯދަހިފައި ޙަލާލު ކަންތަށް ޙަލާލުކޮށް ޙަރާމް ކަންތައް ޙަރާމްކޮށް މީގެ މައްޗަށް އެއްވެސް ކަމެއްއިތުރު ނުކުރިކަމުގައި ވިޔަސް އަޅުގަނޑު ސުވަރުގެ ވަންނާނެތޯއެވެ؟ އެކަލޭގެ ފާނު ހަދީޘް ކުރެއްވިއެވެ. “އާއެކެވެ.”

ޙަދީޘް ލިބިގަންނަވިފިލާވަޅު

  • ފަރުޟު ފަސްނަމާދަށް ރައްކާތެރިވުން
  • ރަމަޟާން މަހުރޯދަ ހިފުމަކީ ހަލާކުގެ ތެރެއިން ސަލާމަތް ކޮށްދޭކަމެއް
  • ޙަރާމްކަންތަކާ ދުރުވުމަކީ ދުޢާ އިޖާބަ ކޮށްދޭކަމެއް
  • ސުވަރުގެ ހޯދުމަކީ ވަރަށް ފަސޭހަކަމެއް

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top