އޭދަފުށީ އިންޖީނުގެ ހިންގުން އާތިފަށް

thumbnail_dsffh.jpg

މުހައްމަދު އާތިފް

ފެނަކަ ކޯޕަރޭޝަން ، އޭދަފުށީ އިންޖީނުގޭގެ ހިންގުން ފެނަކަ ބ. ރީޖަނަލް އޮފީހުގެ އެސިސްޓެންޓް މެނޭޖަރ މުހައްމަދު އާތިފް އާއި ހަވާލުކޮށްފިއެވެ.

އާތިފްއާއި އޭދަފުށީ އިންޖީނުގެ ހިންގުންހަވާލު މިކުރީ އެއިންޖީނުގޭގެ ސްޓޭޝަން މެނޭޖަރުގެ މަގާމުގައި ހުންނެވި އަހުމަދު އަންވަރު މިދިޔަ އަންގާރަދުވަހު ވަޒީފާއިން ސަސްޕެންޑް ކޮށްފައިވަނިކޮށެވެ.

އޭދަފުށީ އިންޖީނުގެ ހިންގުމާ ހަވާލުވުމަށްފަހު މުހައްމަދު އާތިފް އޭދަފުށީ ވޮއިސްއަށް މިއަދު ބުނީ އޭދަފުށީ އިންޖީނުގެ ހިންގުން ހަވާލު ވެފައިވަނީ ވަގުތީގޮތުން ކަމަށެވެ. އޭނާ ވިދާޅުވީ އިންޖީނުގޭގެ ހިދުމަތްތައް ކުރިޔެކޭވެސް އެއްގޮތަށް ލިބެމުންދާނެކަމަށެވެ.

“އަޅުގަނޑާ މިހަވާލުވީ ހަމަ ވަގުތީގޮތުން. ދެން ފަހުން ވާނެގޮތެއް ނޭނގޭ. ހިދުމަތްތައް ކުރިއެކޭ  އެއްގޮތަށް ބަރާބަރަށް ލިބޭނެ”

އޭދަފުށީ އިންޖީނުގެ ހުޅުވީއްސުރެ 1995ވަނަ އަހަރުން ފެށިގެން 2013 ވަނައަހަރާ ހަމައަށް އާތިފް އޭދަފުށީ އިންޖީނުގޭގެ އިސް މަގާމްތައް އަދާކުރައްވާފައި ވެއެވެ. ބ. އަތޮޅުގެ ހުރިހާ ރަށެއްގެ އިންޖީނުގެތައް ބަލަހައްޓާ ފެނަކަ ބ.ރީޖަނަލް އޮފީސް އުފެދުމާއެކު އޭނާ އެއޮފީހަށް ބަދަލުކުރީ 2013ވަނަ އަހަރު އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top