ވަކި ސިނގިރޭޓް ވިއްކުން ހުއްޓާލަނީ

77752546-concept-for-quitting-smoking-close-up-of-a-cigarette-pack-and-stop-smoking-sign-on-the-table.jpg

Concept for quitting smoking. Close up of a cigarette pack and Stop smoking sign on the table

އަންނަ މޭ މަހު 31 އިން ފެށިގެން ވަކިން ސިނގިރޭޓް ވިއްކުމަކީ މަނާ ކަމެއް ކަމަށް ކަނޑައަޅާ އެކަމާގުޅޭ “ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާއިބެހޭ ގަވާއިދު” މިއަދު ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިފްތިތާހު ކޮށްދެއްވައިފިއެވެ.

އެ ގަވާއިދުގެ މަގުސަދަަކީ ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނަށް ލިބޭނެ ގެއްލުން އަންގައިދީ ދުންފަތް ގަނެ ވިއްކުމުގައި އެމީހުންގެ ރައްކާތެރިކަމަށްޓަކައި ކޮންމެހެން އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ލާޒިމްކުރުމެވެ.

މި ގަވާއިދު އިފްތިތާހްކުރުމަށް މިއަދު ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ރާއްޖޭގައި މިހާރު އެންމެ ގިނައިން މަރުވަނީ ގައިންގައިން ނާރާ ބަލިތަކުގައި ކަމަށެެވެ. އެގޮތުން ރާއްޖޭގައި މަރުވާ މީހުންގެ 84 ޕަސެންޓް މީހުން މަރުވަނީ ކެންސަރާއި، ހިތުގެ ބައްޔާއި، ކިޑްނީއާއި ސްޓްރޯކާއި އަދި ކިޑްނީއާ ގުޅުން ހުރި ބަލިތަކުގައި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ދުންފަތުގެ އިސްތިއުމާލުކުރާ ބޮޑެތި މީހުންގެ ނިސްބަތް ހުރީ 38 އިންސައްތައިގައި ކަމަށާ ސްކޫލުކުދިންގެ މެދުގައި މި ނިސްބަތްހުރީ 11.2 އިންސައްތައިގައި ކަމަށް ވިދާޅުވިއެވެ.

ދުންފަތާއި ބެހޭ މި ގަވާއިދުގައިވާ ގޮތުން ސިނގިރޭޓު ފޮށި ބަންދުކޮށްފައި ހުންނަން ޖެހޭނީ ކޮންމެ ފޮށްޓެއްގައި 20 ސިނގިރޭޓަށް ވުރެ މަދުން ނުހުންނާނެ ގޮތަކަށެވެ. އަދި ބިޑި ޕެކް ކޮށްފައި ހުންނަން ވާނީ ކޮންމެ ޕެކެޓެއްގައި މަދުވެގެން 50 ބިޑި ހުންނާނެ ގޮތަށެވެ. އަދި ބިޑި އުފެއްދުމަށް ބޭނުންވާ ގޮށި ހަދަން ވާނީ އެއްވެސް އެއްޗެއް ޗާޕްކޮށްފައި ނުވާ ނުވަތަ ލިޔެފައި ނުވާ ކަރުދާހެއްގައި ކަމަށް ގަވައިދުގައިވެއެވެ.

އެ ގަވައިދުގައި ހުރި ކަންކަމާ ހިލާފުވެއްޖެނަމަ، އެ ކުށް ކުރުމަށް ބޭނުން ކުރި މުދަލެއްގެ އަގާއި އޭގެ ޓެކުހާއި އެހެނިހެން ފީތަކުގެ ޖުމްލަ އަދަދުގެ 10 ގުނަ އިން ޖޫރިމަނާ ކުރެވޭނެ ކަމަށާ ދެ ވަނަ ފަހަރަށް ގަވައިދާ ހިލާފުވެއްޖެ ނަމަ، އިތުރަށް 5000ރ.، ތިން ވަނަ ފަހަރަށް، 10،000ރ. އަދި ހަތަރު ވަނަ ފަހަރަށް 20،000ރ. އިން ޖޫރިމަނާ ކުރެވިގެންދާނެއެވެ.

ދުންފަތުގެ އިސްތިއުމާލް ކުރަން އަލަށް ފަށާ މީހުންގެ އަދަދު މަދު ކުރުމަކީ މި ސަރުކާރުން ފުރަތަމަ 100 ދުވަހު ފުއްދާނެ ކަމަށް ވިދާޅުވި ވައުދުތަކުގެ ތެރެއިން ވައުދެކެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top