ރައީސް ޔާމީން ހުށަހެޅުއްވި ދެވަނަ މައްސަލަވެސް ބޭރުކޮށްލައިފި

img_md_202305030404121683111852.1295.jpg

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތަކަށް ހުރަސް އެޅިފައިވާ ކަމަށް ބުނެ، އެ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އެދި ދެވަނަ ފަހަރަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަވެސް އެ ކޯޓުން ބޭރުކޮށްލައިފި އެވެ.

ޔާމީންގެ ފަރާތްޕުޅުން މިއަދު ސުޕްރީމް ކޯޓަށް މައްސަލައެއް ހުށަހެޅުއްވީ ހައިކޯޓުގައި ހިނގަމުންދާ އިސްތިއުނާފީ މައްސަލަ އެކަށީގެންވާ އަވަސް މިނެއްގައި ނުހިނގާތީ އެ ހައްގު ކަށަވަރު ކުރުމަށެވެ. އެ މައްސަލަ ކޯޓުން ބަލައިނުގަންނަން ސުޕްރީމް ކޯޓުން ނިންމި ނަމަވެސް އިތުރު ތަފްސީލެއް ދީފައެއް ނުވެ އެވެ.

ސެޕްޓެމްބަރު ނުވަވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލާން ހުޅުވާލާފައިވާއިރު މިވަގުތު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އިއްޔެ ވަނީ ކެންޑިޑެސީ ފޯމުގައި ސޮއިކުރައްވާފަ އެވެ.

ޔާމީނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ ސަބަބުން އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަކުރުމުގައި ވަނީ ހުރަސްތަކެއް ކުރިމަތިވެފަ އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ އޯގަސްޓް މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ އިރު، ޔާމީނަށް އިންތިހާބުގައި ވާދަކުރެވޭނީ ހައިކޯޓުގައި މިހާރު ކުރިއަށްދާ އިސްތިއުނާފީ މައްސަލަ، އިންތިހާބަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވުމުގެ ކުރިން އެ މަނިކުފާނާ އެއްކޮޅަށް ނިމިއްޖެ ނަމަ އެވެ.

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top