ބ.ފުޓްބޯލް ޗެލެންޖް : ކުޑަރިކިލު ބަލިކޮށް ގޮއިދޫ ކުރިއަށް ޖެހިލައިފި

DSCN8485.jpg

މިއަދު ހަވީރު ކުޅެވުނު ގޮއިދޫ - ކުޑަރިކިލު މެޗް -- ފޮޓޯ : އީވީ

ބ.ފުޓްބޯޅަ ޗެލެންޖްގައި މިއަދު ހަވީރު ކުޅުނު މެޗުން 5-1 އިން ކުޑަރިކިލު ބަލިކޮށް ގޮއިދޫ، މުބާރާތުގެ ސެމީ އާ ކައިރިއަށް ޖެހިލައިފިއެވެ.

މިމެޗްގެ ފުރަތަމަ ލަނޑު ޖަހާފައިވަނީ މެޗްގެ 2 ވަނަ މިނެޓްގައި، ގޮއިދޫ ޓީމްގެ ކެޕްޓަން އިބްރާހިމް މާޖިދު (މާޖި) އެވެ. މި މެޗުގައި އޭނާ ވަނީ އިތުރު ދެ ލަނޑު ޖަހައި ހެޓްރިކްވެސް ހަދާފައެވެ. ދެވަނަ ލަނޑު ޖަހާފައިވަނީ މެޗްގެ ފުރަތަމަ ހާފް ނިމެން ދަނިކޮށެވެ. އަދި ތިންވަނަ ލަނޑު ޖަހާފައިވަނީ 66 ވަނަ މިނެޓްގައެވެ. މާޖިދުގެ އިތުރުން ގޮއިދޫ ޓީމްގެ ލަނޑުތައް ޖަހާފައިވަނީ އާދަމް ނިޒާމް ކިތުނާއާއި އަހުމަދު ވިސާމްއެވެ.

މިމެޗްގައި ކުޑަރިކިލު ޓީމުން ޖެހި ހަމައެކަނި ލަނޑު ޖެހީ ގޮއިދޫގެ އޭރިއާ ތެރެއިން ކުޅުންތެރިއެއްގެ އަތުގައި ޖެހުމުން ލިބުނު ޕެނަލްޓީއަކުން ހުސެއިން ހަންނާނެވެ.

ގޮއިދޫ ޓީމުން ގިނަ ހަމަލާތަކެއް އުފެއްދި މިމެޗްގައި ކުޑަރިކިލު ޓީމްގެ ގޯލް ކީޕަރުގެ ގިނަ މިސްޓޭކްތަކެއް ވެސް ފާހަގަ ކުރެވުނެވެ.

މިމެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގޮއިދޫ ޓީމަށް ހެޓްރިކް ހަދައިދިން އިބްރާހިމް މާޖިދު (މާޖި) އެވެ.

މި މުބާރާތުގައި ކުޑަރިކިލު ދެން ވާދަކުރަން ޖެހޭނީ އޭދަފުއްޓާއެވެ. ގޮއިދޫ ބައްދަލުކުރާނީ ގްރޫޕް ބީ ގައި އޮތް މާޅޮހާއެވެ.

މިމުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރާނީ ކޮންމެ ގްރޫޕަކުންވެސް އެއްވަނައަށް އަންނަ ޓީމްގެ އިތުރުން ގްރޫޕް ބީއާއި ސީގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމެވެ.

މާދާމާގެ މެޗުގައި ބައްދަލުކުރާނީ ތުޅާދޫ އާ ކިހާދޫއެވެ. މިއި ގްރޫޕް ސީގެ ދެޓީމެވެ. މި ގްރޫޕްގައި ކުޅުނު ދެމެޗްވެސް އެއްވަރުވެފައި ވުމާއެކު މާދަމާގެ މެޗުން މޮޅުވާ ޓީމަކަށް ސެމީ ފައިނަލަށް ދިއުމުގެ ފުރުސަތު އޮންނާނެއެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top