ބ.އަތޮޅުގެ ރިސޯޓުތަކުން ޖޫންމަހު އެންމެ ގިނައިން ސާވިސް ޗާޖް ލިބުނު ރިސޯޓަކީ ޑުސިތު ތާނީ

67297039.jpg

ޑުސިތު ތާނީ ރިސޯޓް -- ފޮޓޯ :ބުކިނގ.ކޮމް

ފާއިތުވި މަސް ތަކަށް ބަލާއިރު މިދިޔަ ޖޫންމަހަކީ ރިސޯޓުތަކުން ދޭ ސާވިސްޗާޖް އެންމެ މަދުން ލިބުނު މަސް ކަމުގައި ހިސާބު ތަކުން ދައްކައިފިއެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ބ.އަތޮޅުގައި ހިންގާ ރިސޯޓުތަކުން ވެސް މިދިޔަ ޖޫން މަހަކީ އެންމެ މަދުން ސަރވިސްޗާޖް ލިބުނު މަސްކަމުގައި ފާހަގަ ކުރެވެއެވެ.

ޖޫން މަހު ބ.އަތޮޅުގެ ރިސޯޓުތަކުން އެންމެ ގިނައިން ސަރވިސް ޗާޖް ލިބިފައިވަނީ ދުސިތު ތާނީ ރިސޯޓުންނެވެ. އެރިސޯޓުން މުވައްޒަފަކަށް ލިބިފައިވަނީ 8327 ރުފިޔާއެވެ. އޭގެ ކުރީމަހު ކޮންމެ މުވައްޒަފަކަށް ސާވިސްޗާޖްގެ ގޮތުގައި 10794 ލިބިފައިވެއެވެ.

ދުސިތު ތާނީއަށް ފަހު ދެވަނަ އަށް އެންމެ ގިނައިން ސާވިސްޗާޖް ލިބިފައިވަނި ފާއިތުވި މަސްތަކުގައި ބ.އަތޮޅުން އެންމެ ގިނައިން ސާވިސް ޗާޖްލިބޭ އެއް ރިސޯޓުކަމުގައިވާ އަންނަތަރާ ކިހަވައްވިލާސް އެވެ. އެރިސޯޓުން މުވައްޒަފަކަށް ލިބިފައިވަނީ 7424ރުފިޔާއެވެ. އެކަމަކު އޭގެ ކުރީމަހު އެރިސޯޓުން މުވައްޒަފަކަށް 14125ރުފިޔާ ލިބިފައިވެއެވެ.

ބ.އަތޮޅުގައި ހިންގަމުން އަންނަ ފޯސީޒަން ރިސޯޓު ތިންވަނައަށް އެންމެ ގިނައިން ސާވިސްޗާޖްލިބުނު ރިސޯޓުގެ ގޮތުގައި ފާހަގަކުރެވިފައިވާއިރު އެރިސޯޓުން ޖޫން މަހު ލިބިފައިވަނީ 7018ރުފިޔާއެވެ. އެއީ މޭމަހާ އަޅާ ބަލާއިރު 2666ރުފިޔާ މަދު އަދަދެކެވެ.

ބ.އަތޮޅުގައި ހިންގާ ރިސޯޓުތަކުގެ ތެރެއިން ސާވިސްޗާޖްގެ މައުލޫމާތު މޯލްޑިވްސް ސާވިސް ޗާޖް ގައި ހިމަނާފައިވަނީ ވައްކަރު މޯލްޑިވްސް އާއި ފިނޮޅުރިސޯޓެވެ. ފިނޮޅު ރިސޯޓުން ޖޫންމަހު 5611ރުފިޔާ ލިބިފައިވާއިރު ވައްކަރު މޯލްޑިވްސް އިން ސާވިސްޗާޖްގެ ގޮތުގައި މުވައްޒަފަކަށް ލިބިފައިވަނި 2207 ރުފިޔާއެވެ.

 

ރާއްޖޭގައި އޮޕަރޭޓް ކުރާ 150އާ ގާތްކުރާ އަދަދަކަށް ރިސޯޓު އޮތް އިރު ސާވިސް ޗާޖް ދިން ކަމަށް މޯލްޑިވްސް ސާވިސް ޗާޖް ވެބްސައިޓަށް މައުލޫމާތު ފޮނުވާފައިވަނީ އެންމެ 52 ރިސޯޓަކުންނެވެ.

ރާއްޖޭގެ ރިސޯޓުތަކުން ސާވިސް ޗާޖުގެ ގޮތުގައި އެވްރެޖްކޮށް 10 ޕަސެންޓް ނަގަ އެވެ. އޭގެ ތެރެއިން ބަހަނީ އެކި މިންވަރަށެވެ. ގިނަ ރިސޯޓްތަކުން ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު އޮންނަނީ ސިއްރުކޮށްފަ އެވެ.

ސާވިސް ޗާޖުގެ ގޮތުގައި ބަހާ މިންވަރު އާއްމުކުރާ ވެބްސައިޓްގައިވާ މައުލޫމާތުތަކަކީ ރިސޯޓުތަކުގެ މެނޭޖްމަންޓުން ހިއްސާކުރާ މައުލޫމާތެއް ނޫނެވެ. އެ މައުލޫމާތު ދެނީ އެ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top