ތުޅާދޫގައި އެއާޕޯޓް އަޅާ ބިން ހިއްކަން ހަވާލުކޮށްފި

F00aEXNaUAEevq-2048x1181-1.jpeg

ބ.ތުޅާދޫގައި އެޅުމަށް ނިންމާފައިވާ އެއާޕޯޓުގެ ބިން ހިއްކަން މިއަދު ބަޔަކާ ހަވާލު ކޮށްފި އެެވެ.

ތުޅާދޫ ހިމެނޭހެން އިތުރު ދެރަށެއްގައި އެއާޕޯޓު އެޅުމަށް ބޭނުންވާ ބިން ހިއްކަންވެސް މިއަދު ވަނީ ހަވާލު ކޮށްފައެވެ.

ޕްލޭނިންގ މިނިސްޓްރީއިން މިއަދު ބިން ހިއްކުމަށް ހަވާލުކުރީ ބ.ތުޅާދޫ، ތ.ވިލުފުށި އަދި ށ.ބިލެތްފަހީގައެވެ. މި މަސައްކަތް ހަވާލުކުރީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަށް ޕްރައިވެޓް ލިމިޓެޑްއާއެވެ.

މި މަޝްރޫއުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ ގެ ފަރާތުން ސޮއި ކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤުއެވެ. މި މަސައްކަތުގެ ކޮންޓްރެކްޓަރ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަށް ޕްރައިވެޓް ލިމިޓެޑް ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ސިވަރާޖާ މަނިވައްނަންއެވެ.

އެ ކުންފުންޏަށް މި މަސައްކަތް ހަވާލު ކޮށްފައިވަނީ 42.4 މިލިއަން ޑޮލަރަށެވެ. މި މަސައްކަތަކީ 280 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލު ކޮށްފައިވާ މަސައްކަތެކެވެ.

މި މަޝްރޫއުގެ ދަށުން ތުޅާދޫ އެއަރޕޯޓަށް ބޭނުންވާ 44.70 ހެކްޓަރު ބިން ހިއްކުމާއި، ވިލުފުށި އެއަރޕޯޓަށް ބޭނުންވާ 56.34 ހެކްޓަރ ބިން ހިއްކުން އަދި ބިލެތްފަހި އެއަރޕޯޓަށް ބޭނުންވާ 56.34 ހެކްޓަރ ބިން ހިއްކުން ހިމެނެއެވެ.

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top