ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯ އިން ވިއްކަމުން ގެންދާ ޕެޓްރޯލާއި ޑީސަލްގެ އަގު ހެޔޮކޮށްފިއެވެ.
އެސްޓީއޯ އިން ކުރި ޓްވީޓެއްގައި ވާގޮތުން މިއަދުން އިން ފެށިގެން ޕެޓްރޯލް ލިޓަރެއް ވިއްކާނީ 11.13 އަށެވެ. ޑީސަލް ލީޓަރެއް ވިއްކާނީ 11.19 އަށް ކަމަށް އެ ޓްވީޓުގައިވެއެވެ.
އެސްޓީއޯއިން އެންމެ ފަހުން ތެލުގެ އަގު ހެޔޮކުރީ މިދިޔަ މެއި މަހުގެ 24 ވަނަ ދުވަހުއެވެ.
އެ ދުވަހުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކަމުން އައީ 11.39 އަށެވެ. ޑީސަލް ލީޓަރެއް 11.97 އަށެވެ.
އެންމެފަހުން ބޮޑުކުރި އިރު ޕެޓްރޯލް ލިޓަރެއްގެ އަގަކީ 11.49 އެވެ. އަދި ޑީސަލް ލިޓަރެއް 12.11 އަށެވެ.