ބ.އަތޮޅުގެ ކޮވިޑް ހާލަތު މޮނީޓާ ކުރުމަށް، ޑެޕިއުޓީ މިނިސްޓަރު އަލީ މާޖިދު

Ali-Majid-800x508-1-1.jpg

ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ މާޖިދު

ރާއްޖޭގައި ކޮވިޑް ބަލި ފެތުރެމުންދާތީ އަތޮޅުތެރޭގެ ހާލަތު މޮނީޓާ ކުރުމަށް ކޮންމެ އަތޮޅަކަށް ސަރުކާރުގެ އިސް ފަރާތެއް އައްޔަން ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެން ބ.އަތޮޅަށް މިއަދު ބޭފުޅަކު ހަމަޖައްސަވައިފި އެވެ.

އެގޮތުން ބ. އަތޮޅަށް ހަމަޖައްސަވާފައިވަނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަލީ މާޖިދެވެ.

މި މަގާމަށް އައްޔަން ކުރުމަށް ނިންމަވާފައިވަނި މިނިސްޓްރީތަކުގެ ޑެޕިއުޓީ އަދި ސްޓޭޓް މިނިސްޓަރުން ފެންވަރުގެ ބޭފުޅުން ކަމަށް ވާތީވެ އަތޮޅުތަކަށް މިހާރު ގެންދަވަނީ މި ފެންވަރުގެ ބޭފުޅުން އައްޔަން ކުރައްވަމުންނެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ގޮޮތުން އައްޔަން ކޮށްފައިވާ ބޭފުޅުން މަސައްކަތް ކުރައްވާނީ ކައުންސިލް އާއި ޓާސްކުފޯސްތަކާ ގުޅިގެެން އަތޮޅުގައި ކޯވިޑް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކާއި، މިކަންކަމަށް ދިމާވާ މައްސަލަތަކުގެ ފުރިހަމަ މައުލޫމާތު ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެެންޓަރ (އެޗްއީއޯސީ)އާއި އަދި އެހެނިހެން ކަމާބެހޭ އިދާރާތަކަށް ހިއްސާ ކުރެއްވުމަށް ކަމަށެވެ.

ބ. އަތޮޅުން އޭދަަފުއްޓާއި ތުޅާދޫއާއި ކެންދޫ އަދި ދަރަވަންދޫ މިވަގުތު އޮތީ މޮނިޓަރިންގ ހާލަތުގައެވެ.

ރާއްޖޭގައި ކޯވިޑް19ގެ ހާލަތު ގޯސްވެފައި ވާއިރު، ރާއްޖޭގެ ގިނަ ރަށްތަކެއްގައި ކޯވިޑް ފެތުރި، 70 އަށް ވުރެ ގިނަ ރަށް މިހާރުވެސް ވަނީ ބަންދުކޮށްފަ އެވެ. އަދި ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ރަށްތަކުގައި ކާފިއު ހިންގައި ވަރުގަދަ ފިޔަވަޅުތަކެއް އަންނަނީ އަޅަމުންނެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top