ބ.އަތޮޅު ތައުލިމީ މަރުކަޒުގެ ޔުނީފޯމް ބަދަލުވަނީ

DSCN9865.jpg

ބ.އަތޮޅު ތައުލީމީ މަރުކަޒު..އީވީ ފައިލް

މިއަހަރުގެ ބޮޑު ޗުއްޓީ ނިމި އޮގަސްޓްގައި ސްކޫލްތަކުގެ ދިރާސީ އާ އަހަރު ފެށޭއިރު ބ. އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންގެ ޔުނިފޯމް ބަދަލުވެގެން ދާނެ ކަމަށް ބ.އަތޮޅު ތައުލީމީ މަރުކަޒުން ބުނެފިއެވެ.

ބ.އަތޮޅު ތައުލީމީ މަރުކަޒުގެ ދަރިވަރުންގެ މިހާރުގެ ޔުނީފޯމަކީ ސަރުކާރުގެ ފަރާތުން އަތޮޅު ތައުލީމީ މަރުކަޒު ތަކުގައި ބޭނުންކުރަން އެންމެ ފުރަތަމަ ނިންމި ޔުނިފޯމެވެ. ނަމަވެސް ސްކޫލް ފެށުމާއެކު އަންހެންކުދިންގެ ޔުނީފޯމްގައި ހުރި ހަތަރެސްކަން ކަރު ފަހުންވަނީ ވަށް، ކަރަށް ބަދަލު ކޮށްފައެވެ.

އާ ޔުނީފޯމުގައި ހުރިހާ ދަރިވަރުން ވެސް ބޭނުންކުރާނީ މަޑު ނޫ ކުލައިގެ ގަމީހާއި ގަދަ ނޫ ކުލައިގެ ސޯޓް، ސްކާޓް ނުވަތަ ފަޓްލޫނެވެ.

އެސްކޫލްގެ އެޑްމިނިސްޓްރޭޓަރ އަލީ އިމާދު ވިދާޅުވީ ސްކޫލުގެ އުމުރުން 43 އަހަރަށް ފަހު ޔުނީފޯމް ބަދަލުކުރަން ނިންމީ ސްކޫލްގެ އަމިއްލަ އުފެއްދުމެއް ތައާރަފް ކުރުމުގެ ބޭނުމުގައި ކަމަށެވެ.

“ރާއްޖޭގެ ގިނަ ސްކޫލްތަކުގެ ޔުނިފޯމް މިހާރު އަންނަނީ ބަދަލު ކުރަމުން. މި އަތޮޅަށް ބަލާއިރު ދަރަވަންދޫ ސްކޫލްވެސް ބަދަލު ކޮށްފި. ތުޅާދޫ ސްކޫލްވެސް އުޅެނީ ބަދަލު ކުރުމުގެ މަގުމަތީގައި.” އިމާދު ވިދާޅުވިއެވެ.

އިމާދު އިތުރަށް ވިދާޅުވީ އަލަށް ތައާރަފް ކުރި ޔުނީފޯމަކީ ބެލެނިވެރިންނާއި ޕީޓީއޭ ގެ އިތުރުން ސްކޫލްގެ އެސްއެމްޓީ ބައިވެރިވެގެން ދޮޅު އަހަރު ދުވަހެއް ދުވަހު ކުރެވުނު ގިނަ މަޝްވަރާތަކަކަށް ފަހު އެންމެން އެއްބަސްވާ ގޮތަށް ޑިޒައިން  ކުރެވިފައިވާ ޔުނިފޯމެއް ކަމުގައެވެ.

 

 

 

 

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top