ކަމަދޫ ބަނދަރު ހެދުމަށް ބޮޑުހިލަ ގެންގޮސްފި

viber_image_2023-01-31_13-09-44-108.jpg

ބ. ކަމަދޫ ބަނދަރު ތަރައްގީކުރުމަށް ބޭނުންވާ ބޮޑު ހިލައިދެ ޝިޕްމަންޓެއް އެރަށަށް ގެންގޮސްފިއެވެ.

މި މަސައްކަތުގެ ކޮންޓްރެކްޓަރު، އެމްޓީސީސީން ބުނީ، ކަމަދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމަންޓް، ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށެވެ. އަދި މި މަޝްރޫއުގެ ދަށުން ކުރިއަށް ގެންދާ އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 90 އިންސައްތަ ފުރިހަމަކުރެވިފައިވާ ކަމަށާއި، އައު ހާބަރު ބޭސިން ފުންކުރުމުގެ ވޭރިއޭޝަން މަސައްކަތުގެ 92 އިންސައްތަ ނިންމާލެވިފައިވާ ކަމަށް ބުންޏެވެ.

މި މަޝްރޫއުގެ ދަށުން، 30،933 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ބޭސިން ފުންކުރުމާއި، 5،085 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ހާބަރ ޗެނަލް ފުންކުރުމާއި، 181 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 656 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 392 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ސްކޯރިންގ އޭޕްރަންއެއް ހެދުމާއި، ބަނދަރު އަދި ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

ކަމަދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫއުގެ އަގަކީ 53.6 މިލިއަން ރުފިޔާ އެވެ.

Share this post

PinIt

‎ޚިޔާލު ފާޅުކުރައްވާ

‎އީމެއިލް އެޑްރެސް ޕަބްލިޝްއެއް ނުކުރާނެ. ‎ކޮންމެހެން ފުރަންޖެހޭ ގޮޅިތައް * ޖަހާފައި


scroll to top